ޗެލްސީ އަށް ފުރަތަމަ މެޗުން ހަނި މޮޅެއް
އައު ސީޒަންގައި ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފިއެވެ. އެވަޓަންގެ ގޫޑިސަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ޗެލްސީއިން ކާމިޔާބްކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ޖަހާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. މެޗްގައި ގިނަވަގުތު ބޯޅަ ގެން ގުޅެ މޮޅަށް ކުޅުނު ޗެލްސީ އިން މި މެޗްގައި ގޯލާ އަމާޒުކޮށް ވަނީ 7 ހަމަލާއެއް ފޮނުވައިލާފައެވެ. އެވަޓަންއަށް ޗެލްސީގެ ގޯލާ […]