ހދ.ނޭކުރެންދޫގެ ފްޓްބޯޅަ ޓީމެއްގޮތުގައި ހަރަކާތްތެރިވާ މާޒިންސްގެ ހަގު ޗެލެންޖް ފްޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ އުމުރުން 9 އަހަރާއި 13 އަހަރާއި ދެމެދުގެ ފިރެހެން ކުދިންނަށް ހާއްސަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. ކޮވިޑާ ގުޅިގެން 1 އަހަރުގެ މެދުކެޑުމަކަށްފަހު މި އަހަރު މީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

Ad
rt

މި މުބާރާތުގައި ހުރިހާ ޓީމް ތަކަށްވެސް ޖާޒީ ފޯރުކޮށްދޭނީ މުބާރާތް އިންތިޒާމް ކުރާ މާޒިންސް އިންނެވެ.

މުބާރާތުގައި ޓީމްތައް ނަގާގޮތަށް ހަމަޖެހިފައިވަނީ ބައިވެރިވާ ކުދިންގެ އަދަދަށް ބަލާފައި ޓީމްތަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމަށް ބެލެނިވެރިޔާ މެދުވެރިކޮށް ކުއްޖާގެ އައިޑީކާޑް 9433491 ނަމްބަރ އަށް ވައިބަރ ކުރުމުން އެފަރާތުން އެދެއެވެ. ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 10 ޖުލައި 2022 އެވެ.

މާޒިންސްގެ އޮފްސަލަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ފުޓްބޯޅަގައި ކުރިޔަށްދާން ބޭނުންވާ ކުޑަކުދިންނަށް ވާދަވެރި މުބާރާތެއްގައި ވާދަ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ.

މިފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 23 ޖުލައިގައެވެ.