ނޭޝަންސް ލީގުގައި 4-0 ގެ ލަދުވެތި ނަތީޖާއިން ހަންގޭރީ އަތުން ބަލިވެ، އިނގިރޭސިންނަށް ފައިނަލް ބުރުގެ ޖާގަ ގެއްލިއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ހަންގޭރީން ފުރަތަމަ ލަނޑުޖެހީ 15 ވަނަ މިނިޓްގައި ރޮލާންޑް ސަލާއި އެވެ. ސަލާއި ވަނީ މެޗުގެ 70 ވަަނަ މިނިޓްގައި އިތުރު ގޯލެއް ޖަހައި ހަންގޭރީ އަށް ލީޑުފުޅާކޮށްދީފަ އެވެ. ތިންވަނަ ގޯލް 80 ވަނަ މިނެޓްގައި ޖަހައިދިނީ ސޯލްޓް ނެގީ އެވެ.

Ad
rt

ހަންގޭރީން 3 ގޯލު ޖަހާފައިވަނިކޮށް މެޗްގެ 82 ވަނަ މިނެޓްގައި އިންގްލެންޑްގެ ސްޓޯންސަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. ހަންގޭރީގެ 4 ވަނަ ގޯލް ޖެހީ މެޗް ގެ 89 ވަނަ މިނެޓްގައެވެ. މި ލަނޑު ޖެހީ ޑެނިއަލް ގަޒްޑާގް އެވެ. މީ 1928 ވަނަ އަހަރު ފަހުން އަމިއްލަ ދަނޑުގައި 4 ލަނޑުގެ ތަފާތަކުން އިނގިރޭސިން ބަލިވި ފުރަތަމަ ފަހަރެވެ.

މި ގްރޫޕް ގައި ދެން ކުޅުނު މެޗުން ޖަރުމަނު ވަނީ މޮޅުވެފައެވެ. އިޓަލީ އާ ބައްދަލު ކޮށް ޖަރުމަނު މޮޅުވީ 5-2 ގެ ނަތީޖާއިންނެވެ. ޖަރުމަނު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް 10 ވަނަ މިނެޓްގައި ޖެހީ ޔޯސުއާ ކިމިޗް އެވެ. ޕެނަލްޓީ އަކުން އިލްކާއި ގުންޑޮގާން 2 ވަނަ ގޯލް ޖެހީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. 3 ވަނަ ގޯލް ތޯމަސް މުލާ ކާމިޔާބް ކޮށްދިނީ މެޗްގެ 51 ވަނަ މިނެޓްގައެވެ. ފަހު ދެގޯލް 68 އަދި 69 ވަނަ މިނެޓްގައި ޖަހއިދިނީ ޓިމޯ ވާނާ އެވެ. އިޓަލީގެ ފުރަތަނަ ގޯލް ޖެހީ 78 ވަނަ މިނެޓްގައި ވިލްފްރިއެޑް ޖިއޯންޓޯ އެވެ. މެޗްގެ އިތުރު ވަގުތުގައި އިޓަލީގެ ދެވަނަ ގޯލް ޖަހއިދިނީ އަލެސަންދްރޯ ބަސްޓޯނީ އެވެ.

މި ގްރޫޕް ގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި ހަންގޭރީ އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖަރުމަނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އިޓަލީ އޮތީ ފަސް ޕޮއިންޓް އާއި އެކުގައެވެ. އެންމެ ފުލުގައި އޮތީ މޮޅެއް ނުލިބި އޮތް އިންގްލެންޑް އެވެ. ލިބިފައިވަނީ 2 ޕޮއިންޓްއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އަންގާރަދުވަހުގެ ރޭ ކުޅުނު މެޗް ތަކުގެ ނަތީޖާ

  • ހަންގޭރީ -4 އިންގްލެންޑް -0
  • ޖަރުމަން -5 އިަޓަލީ -2
  • ސްކޮޓްލެންޑް -4 އަރުމޭނިއާ -1
  • މޮލްޑޮވާ -2 އެންޑޯރާ -1
  • ނެދަލޭންޑްސް -3 ވޭލްސް -2
  • ބެލްޖިއަމް -1 ޕޮލެންޑް -0
  • ޔޫކްރެއިން -1 އަޔަލެންޑް -1
  • ބޮސްނިއާ -3 ފިންލެންޑް -2
  • މޮންޓެނިގްރޯ -3 ރުމޭނިއާ -0
  • ލަގްޒެމްބާގް -0 ފެރޯ އައިލެންޑް -0
  • ތުރުކީ -2 ލިތުއޭނިއާ -0
  • ލެޓްވިއާ -2 ލެކްޓެންސްޓައިން -0