އައު ސީޒަންގައި ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފިއެވެ.

އެވަޓަންގެ ގޫޑިސަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ޗެލްސީއިން ކާމިޔާބްކުރީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ޖަހާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ.

މެޗްގައި ގިނަވަގުތު ބޯޅަ ގެން ގުޅެ މޮޅަށް ކުޅުނު ޗެލްސީ އިން މި މެޗްގައި ގޯލާ އަމާޒުކޮށް ވަނީ 7 ހަމަލާއެއް ފޮނުވައިލާފައެވެ.

އެވަޓަންއަށް ޗެލްސީގެ ގޯލާ އަމާޒްކޮށް ފޮނުވައިލެވުނީ 2 ހަމަލާއެވެ.
ލީގުގައި ޗެލްސީ އިން ދެން މެޗެއް ކުޅޭނީ މިމަހު 14 ވަނަ ދުވަހުއެވެ. މި މެޗްގައި ޗެލްސީ ނުކުންނާނީ ޓޮޓެންހަމް އާއިދެކޮޅަށެވެ.

އިނގިރޭސި ލީގުގައި މިރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު 2-0 ގެ ނަތީޖާއިން ލީޑްސް ޔުނައިޓެޑް ވަނީ ވޫލްސް ގެ މައްޗަށް ކުރި ހޯދައިފައެވެ. އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ބޯންމައުތު އެސްޓަންވިލާ ބަލި ކުރި އިރު ހަމަ މި ނަތީޖާއިން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ގެ މައްޗަށް ނިއުކާސަލްއިން ވަނީ ކުރި ހޯދައިފައެވެ.

ސައުތެމްޓަން މައްޗަށް ޓޮޓެންހަމްް ކުރި ހޯދީ 4-1 ގެ ނަތީޖާއިންނެވެ.

އިނގިރޭސި ލީގުގައި މިއަދުވެސް 3 މެޗެއް ކުޅޭނެއެވެ. 18:00 ގައި އަމިއްލަ ދަނޑުގައި ލެސްޓާސިޓީ ބްރެންޓްފޯޑް އާއި ދެކޮޅަށް ނުކުންނަ އިރު ، މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބްރައިޓަން އާއި ދެކޮޅަށް ނުކުންނާނީވެސް 18:00 ގައެވެ. އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާސިޓީ ވެސްޓްހަމް އާއި ދެކޮޅަށް ނުކުންނާނީ 20:30 ގައި ވެސްޓްހަމް ދަނޑުގައެވެ