އުރުގުއޭގެ ހުނަރުވެރި ފޯވާޑް ޑާވިން ނުނޭޒް ޖެހި ގޯލާއެކު 3-1 ގެ ނަތީޖާއިން ސިޓީގެ މައްޗަށް ކުރިހޯދާ 16 ވަނަ ފަހަރަށް ލިވަޕޫލްއިން ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ.

ލެސްޓާސިޓީ ދަނޑުގައި ކުޅުނު މެޗް ގައި ލިވަޕޫލަށް ފުރަތަމަ ގޯލް ކާމިޔާބް ކޮށްދިނީ ސަލާހް ގެ އެހީތެރިކަމާއެކު އެލެކްސެންޑްރާ އާނޯލްޑް އެވެ.

މަހަރޭޒްގެ ބަދަލުގައި ކުޅެން ނުކުމެ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް އަލްވަރޭޒް 70 ވަނަ މިނެޓްގައި ވަނީ މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

Ad
rt

މީ މި ސީޒަންގައި ސިޓީއާއި ގުޅުނު އިނގިރޭސި މިޑްފީޑަރ ފިލްފޯޑެންގެ އެހީތެރިކަމާއެކު އަލްވަރޭޒް ކާމިޔާބް ކޮށްދިން ގޯލެކެވެ.



އެރިޔާ ތެރެއިން ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ގޯލްތެރެއަށް ފޮނުވާލައިގެން ލިވަޕޫލުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 83 ވަނަ މިނެޓުގައި މުހައްމަދު ސަލާހް އެވެ ލިވަޕޫލުން މެޗުގައި ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކޮށްދިނީ ބެންޗުން ކުޅެން އެރި ހުނަރުވެރި ފޯވާޑް ނޫނޭޒް އެވެ

މި މެޗްގައި ސިޓީން ވަނީ ލިވަޕޫލްގެ ގޯލާ އަމާޒްކޮށް 8 ހަމަލާއެއް ފޮނުވާލައިފައެވެ. ލިވަޕޫލް އަށް ސިޓީގެ ގޯލާ އަމާޒް ކޮށްލެވުނީ 4 ހަމަލާއެވެ.

މިމެޗްގައި 51 މިލިއަން ޕައުންޑަަށް ސިޓީއަށް ބަދަލުވި ނޯވޭގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް 90 މިނެޓް ކުޅުނު އިރު ގޯލާ އަމާޒް ކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. 2 ފުރުސަތު ލިބި ބޭނުން ނުހިފި ދިޔައިރު ފައިގަ ބޯޅަ ޖެހިފައިވަނީ 16 ފަހަރުއެވެ.

ކޮމިއުނިޓީ ޝީލްޑް މެޗަށް ފަހުން އަންނަ ހޮނިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފަށާނެ އެވެ.ހޮނިހިރު ދުވަހު ލިވަޕޫލުން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ފުލަމްއާ އެވެ. އާދީއްތަ ދުވަހު ޗެމްޕިއަން ސިޓީ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ