އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން ނިއުޒީލެންޑް 1-0 ގެ ނަތީޖާއިން ބަލިކޮށް ކޮސްޓަ ރިކާ އިން ފީފާ ވޯލްޑް ކަޕް 2022ގެ ފަހު ޖާގަ ހޯދައިފި އެވެ.
މި މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ކޮސްޓަ ރިކާ އަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ޖޮއެލް ކެމްޕްބަލް އެވެ.
ލަނޑެއްޖަހަން މޮޅަށް ކުޅެމުން ދިޔަ ނިއުޒީލެންޑް އަށް އިތުރު އުދަގުލަކަށް ވީ މެޗުގެ 67 ވަނަ މިނިޓްގައި ބާބަރޫސެސް އަށް ރަތް ކާޑް ދެއްކުމުންނެވެ.
2014 ވަނަ އަހަރު ބުރެޒިލް ގައި އޮތް ވޯލްޑް ކަޕް ގައި ކުއާރޓާ ފައިނަލް ގައި ކުޅުނު ކޮސްޓަރިކާ މީ ވޯލްޑްކަޕް އިން ޖާގަ ލިބުނު 6 ވަނަ ފަހަރެވެ. ޖެހިޖެހިގެން ޖާގަ ހޯދި 3 ވަނަ ފަހަރެވެ.
ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕްގައި ކޮސްޓަރިކާ ފުރަތަމަ މެޗުގައި ނޮވެމްބަރ 23 ވަނަ ދުވަހު 21:00 ގައި ނިކުންނާނީ ސްޕެއިން އާއި ދެކޮޅަށެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ޖަރުމަން އަދި ޖަޕާން އެވެ.
ވޯލްޑްކަޕް ގައި މިހާތަނަށް ކޮސްޓެރިކާ ވަނީ 18 މެޗް ކުޅެފައެވެ. 5 މެޗުން މޮޅެވެ 5 މެޗުން އެއްވަރުވީ އިރު 8 މެޗުން ވަނީ ބަލިވެފައެވެ. 19 ގޯލް ޖަހާފައިވާއިރު ބައިކޮޅަށްވަނީ 28 ގޯލް ވަދެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!