މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސަރަކުރާނެކަމަށް މޫސުމާއި ބެހޭ ގައިމީ އިދާރާއިން ހާމަކޮށްފިއެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރޭ ދަންވަރު 01:45 އިން ފެށިގެން ހެނދު 07:45 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

Ad
rt

އެއޮފީހުން ބުނީ މާލެއިން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަވާނެކަމަށާއި ޚާއްސަކޮށް ވިލާގަނޑުގައި ވައި ގަދަވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 7 ފޫޓާ ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ކަމާއި ބެހޭ ފަރާތްތަކުން ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލްކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.