Skip to main content

އަޒްފާ ރަޝީދު

Viewer
🇲🇻 ތިލަދުން Desk
248 Stories
17 Reads

Published on ތިލަދުން (Thiladhun) by އަޒްފާ ރަޝީދު

ނޮކިއާ ބައްތި ފޯނުން ސްނޭކް ގޭމް ކުޅުން ހަނދާން އެބަހުރިތަ؟ އަނެއްކާވެސް ނޮކިއާގެ މޮޑެލް "6310" ފޯނު ބާޒާރަށް
Business

ނޮކިއާ ބައްތި ފޯނުން ސްނޭކް ގޭމް ކުޅުން ހަނދާން އެބަހުރިތަ؟ އަނެއްކާވެސް ނޮކިއާގެ މޮޑެލް "6310" ފޯނު ބާޒާރަށް

ސްނޭކް ގޭމް އެކުލެވިގެންވާ ނޮކިއާގެ ކްލެސިކް މޮޑެލް “6310” ފޯނު އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހު ރީ ލޯންކޮށްފިއެވެ. ނޮކިއާ ކްލެސިކް “6310” ފޯނު ނެރުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނަމަވެސް، މި ފޯނަށް އިންތިޒާރު ކުރަމުން ދިޔަ މީހުން ވެސް މަދެއް ނޫނެވެ. ނޮކިއާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ކުރީގެ މޮޑެލްތައް އަލުން ބާޒާރަށް ނެރުމަށް ނިންމާފައިމިވަނީ، އެ މޮޑެލްތަކަށް އަދިވެސް އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ބޮޑުވުމުންނެވެ. […]

10 ގައުމެއްގެ ފަތުރުވެރިންނަށް ކަރަންޓީނު ވާންނުޖެހި ނޮވެމްބަރުން ފެށިގެން ތައިލެންޑަށް އެތެރެވެވޭނެ
International

10 ގައުމެއްގެ ފަތުރުވެރިންނަށް ކަރަންޓީނު ވާންނުޖެހި ނޮވެމްބަރުން ފެށިގެން ތައިލެންޑަށް އެތެރެވެވޭނެ

ކޯވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ 10 ގައުމެއްގެ، ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ތައިލެންޑް ހުޅުވާލަން ނިންމައިފިއެވެ. މިގޮތުން އެ ގައުމުތަކުގެ ފަތުރުވެރިން ތައިލެންޑްއަށް އެތެރެވުމުގެ ކުރިން ސީޕީއާރް ޓެސްޓް ހަދައި، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވާންޖެހޭނެކަަމަށް އެ ގައުމުން ބުނެފަވެއެވެ. އަދި އެ ފަތުރުވެރިން ތައިލެންޑަށް އެތެރެވުމަށްފަހު ވެސް ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭއިރު، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ ތައިލެންޑްގައި ކަރަންޓީން ނުވެ އުޅެވ...

ފޭސްބުކް ކުންފުނީގެ ނަން ބަދަލުކޮށް ރީބްރޭންޑް ކުރާނެކަމުގެ އިޝާރާތެއް
News

ފޭސްބުކް ކުންފުނީގެ ނަން ބަދަލުކޮށް ރީބްރޭންޑް ކުރާނެކަމުގެ އިޝާރާތެއް

ފޭސްބުކްއިން ކުންފުނި ރީ ބްރޭންޑްކޮށް އެކުންފުނީގެ ނަން ބަދަލުކުރުމަށް އަންނަ ހަފްތާގައި މަޝްވަރާ ކުރާނެކަމަށް އެކުންފުނީގެ ސީ.އީ.އޯ މާކް ޒުކަބާގް ވިދާޅުވެއްޖެއެވެ. މާކް ވިދާޅުވެފައިވާ ގޮތުގައި ސޯޝަލް މީޑިއާގެ އެންމެ ބޮޑު ހިއްސާއެއް ހިމެނޭ ފޭސްބުކްގެ ނަން ބަދަލްކުރުމަށް އެކުންފުނީގެ އެނުއަލް ކޮންފެރެންސްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އެ ތާރީހުގެ ކުރިންވެސް ބާއްވަފާނެކަމުގެ އިޝާރާތެއްވެސް ވަނީ ދެއްވާފައެވެ. ފޭ...

ކެރެލާގައި ފެންބޮޑުވެފައި އޮތުމުން، ކައިވެނީގެ ހަފްލާއަށް ދިޔައީ ބޮޑު ތެއްޔެއްގައި
International

ކެރެލާގައި ފެންބޮޑުވެފައި އޮތުމުން، ކައިވެނީގެ ހަފްލާއަށް ދިޔައީ ބޮޑު ތެއްޔެއްގައި

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ކެރެލާގައި ފެން ބޮޑުވެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައި އޮތުމުން، ކައިވެނީގެ ހަފްލާއަށް ބޮޑު ތެއްޔެއްގައި ދެމީހުން ގޮސްފި އެވެ. މިދެމީހުން ދަަތުރުކުރި ތެއްޔަކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ފައްޅީގައި ކައްކަން ގެންގުޅޭ ބޮޑު ތެއްޔެކެވެ. މިދެމީހުން ބޭނުންވީ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތައް ކޮންމެވެސް އެއްޗެއްގައި ނުތެމި ދިއުމަށެވެ. އެގޮތުން އެވަގުތު އެންމެ އަވަހަށް އަތުޖެހުނު އެއްޗަކީ އެތެލިކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ....

މާލެ ސިޓީ ޑްރައިވިންގ ލައިސަންސް ސެންޓަރ ހެދުމުގެ މަސައްކަތް ފަށައިފި
Raajje

މާލެ ސިޓީ ޑްރައިވިންގ ލައިސަންސް ސެންޓަރ ހެދުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީ ޑްރައިވިންގ ލައިސަންސް ސެންޓަރުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ސެންޓަރުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމުން މިއަދު އެތަނުގެ އަމަލީ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ފަށާފައިވާ ކަމަށެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން މާލެ ސިޓީ ކައުންސިލްއާއި ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށް ވެސް މޭޔަރު ޑރ. މުއިއްޒު ވިދާޅުވެފަވެއެވެ. މާލެ […]

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެފްރިކާ ބައްރުގެ ފަގީރުންގެ އަދަދު 118 މިލިއަނަށް އަރާފާނެ
International

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެފްރިކާ ބައްރުގެ ފަގީރުންގެ އަދަދު 118 މިލިއަނަށް އަރާފާނެ

ދުނިޔޭގެ ތިމާވެއްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން 2030 ވަނަ އަހަރު އަންނަ އިރު، އެފްރިކާ ބައްރުގައި 118 މިލިއަން ފަގީރުން ތިބޭނެކަމަށް ޑަބްލިޔު.އެމް.އޯއިން ބުނެފިއެވެ. ވޯލްޑް މީޓިއަރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ)އިން ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، އެފްރިކާ ބައްރަށް ދިމާވެފައިވާ ތިމާވެށްޓާއި ގުޅިގެން ދިމާވަމުން އަންނަ މައްސަލަތަކުގެ އެންމެ ބޮޑު އަސްލަކަށް ވެފައި ވަނީ، އެފްރިކާ ބައްރުގެ 54 ގައުމަކުން ބޭރުކުރާ ވިހަ ގޭސްތަކެވެ. އެފްރިކާ ބައްރުގެ ގައުމުތަކުގެ މޫސުމަށް...

ގުޑު ގުޑާ ދޫނިތައް އައިސްއުޅެނީ "ނުރަސްމީ ދަތުރެއްގައި"، ހައްޔަރު ނުކުރާތި!
Thiladhunmathi News

ގުޑު ގުޑާ ދޫނިތައް އައިސްއުޅެނީ "ނުރަސްމީ ދަތުރެއްގައި"، ހައްޔަރު ނުކުރާތި!

އެއް ގައުމުން އަނެއް ގައުމަށް ހިކުރަކުރާ ދޫނިތަކަށް ނުރައްކާ ބޮޑު އިރު، އެ ދޫނިތައް ހިޖުރަކުރަނީ ކީއްވެގެންކަން އިނގޭ ހެއްޔެވެ.؟ އަދި އެ ދޫނިތަކަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވެއެވެ. އެ ދޫނިތަކުގެ ފުށުން އަހަރުމެންގެ ނާޒުކު ތިމާވެއްޓަށް ލިބޭ ފައިދާ ބޮޑުއިރު، އެފަދަ ދޫނިތައް ހައްޔަރުކޮށް އަނިޔާކުރުމަކީ އެ ދޫނިތަކަށްވެސް ދެވޭ އަނިޔާއެކެވެ. އެންމެ އެކަށީގެންވާ ގޮތަކީ އެ ދޫނިތައް އަމިއްލައަށް އެ އެއްޗެހީގެ މިނިވަންކަމުގައި އުޅެން ދޫކޮށްލުމެވެ. ހުޅަނގު މޫސުން ވެގެންގޮސްފައިވަނީ އާންމު ގޮތެއްގައި...

ބެންކޮކްގެ މަގުތަކުގައި ކުރިއަަށްދާ މުޒާހަރާތަކުގައި ފުލުހުން ކުޑަކުދިންނަށް އަނިޔާކުރަނީ
International

ބެންކޮކްގެ މަގުތަކުގައި ކުރިއަަށްދާ މުޒާހަރާތަކުގައި ފުލުހުން ކުޑަކުދިންނަށް އަނިޔާކުރަނީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބަައިވެރިވާ ކުޑަކުދިންނަށް ފުލުހުން އަނިޔާކުރާކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ. ކޯވިޑް 19 ގުޅިގެން ބެންކޮކް ބަންދުކޮށްފައި އޮތުމާއި އެކު، އެކަމާއި ދެކޮޅަށް ޒުވާނުންނާއި މެދު އުމުރުގެ ކުދިން މަގުތަކުގައި ކުރަމުންދާ މުޒާހިރާތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރަމުން އަންނަ ވަގުތުތަކުގައި ހާއްސަކޮށް ކުޑަކުދިންނަށް އަނިޔާކުރަމުން އަންނަކަން މުޒާހިރާގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. މުޒާހިރާގެ ބައިވެރިން ފާހަގަކޮށްފައިވާ ގޮ...

ކަންނެތްކަމާއިއެކު މަސައްކަތްކުރާ ކެރޭން އޮޕަރޭޓަރުންނަށް ބޮޑު ފައިދާއެއް
International

ކަންނެތްކަމާއިއެކު މަސައްކަތްކުރާ ކެރޭން އޮޕަރޭޓަރުންނަށް ބޮޑު ފައިދާއެއް

ކަންނެތްކަމާއިއެކު، ކެލިފޯނިއާ ބަނދަރުގައި މަސައްކަތް ކުރަމުން އަންނަ ކެރޭން އޮޕަރޭޓަރުންނަށް އަހަރަކު 250،000 އެމެރިކާ ޑޮލަރު ލިބޭކަމަށް ބުނެފި އެވެ. އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖަލިސްގެ ބަނދަރުތަކަކީ އެޤައުމަށް އެތެރެކުރާ މުދަލުގެ 40 އިންސައްތަ މަސައްކަތް ކުރަމުން އަންނަ ބަނދަރުތަކެވެ. އެންމެ ކާރުބާރު ބޮޑު ބަނދަރުތަކުގެ މަސައްކަތްތައް މަޑުޖެހިފައި މިވަނީ ބާރުގަދަ ޔޫނިއަންއަކަށް ނިސްބަތްވާ ކެރޭން އޮޕަރޭޓަރުންތަކެއްގެ ނުފޫޒުންކަމަށް ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރިން ވަނީ ހާމަކޮށްފައެވެ. ކެރޭ...

އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެންގޮސް 19 މީހުން މަރުވެއްޖެ
International

އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެންގޮސް 19 މީހުން މަރުވެއްޖެ

އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭ ވެހި، ބިންގަނޑު ކަނޑައިގެންގޮސް 19 މީހުން މަރުވެއްޖެއެވެ. ބައިނައްލަޤްވާމީ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ކެރެލާ ސްޓޭޓްއަށް ބޯކޮށް ވާރޭ ވެހި ވިލެޖްތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެންމެ ބޮޑެތި ގެއްލުންތަައްވެފައިވާ ކޮށްޓަޔަމް ޑިސްޓްރީކްޓްއާއި، އިދުއްކީގައި ބިންގަނޑު ކަނޑައިގެންގޮސް ފާރުތައް ވެއްޓި، ފެން ބޮޑުވެ 19 މީހަކު މަރުވެފައިވާކަމަށް އިންޑިއާގެ...

1 މިލިއަން ފެތުރުވެރިންގެންނަން ހިފިއަމާޒުގެ %90 ކާމިޔާބުވެއްޖެ
Raajje

1 މިލިއަން ފެތުރުވެރިންގެންނަން ހިފިއަމާޒުގެ %90 ކާމިޔާބުވެއްޖެ

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެސް ރާއްޖެއަށް މިއަހަރު ގެންނަން އަމާޒުހިފި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 90 އިންސައްތަ ކާމިޔާބު ކުރެވިއްޖެކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން އަންނަނީ ވަރަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ކޯވިޑްގެ މިހާލަތުގައި ވެސް އެންމެ ރައްކާތެރި މަންޒިލް ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ދަނީ ގިނަ ރޯޑް ޝޯތަކުގައި ބައިވެރިވެ އެކި ޕް...

ޕެންޑޯރާ ޕޭޕާސްއިން އިންޑިއާގެ ކުރީގެ ދެ މަޖިލިސް މެންބަރެއްގެ ޖަރީމާތައް ފަޅާއަރައިފި
International

ޕެންޑޯރާ ޕޭޕާސްއިން އިންޑިއާގެ ކުރީގެ ދެ މަޖިލިސް މެންބަރެއްގެ ޖަރީމާތައް ފަޅާއަރައިފި

ދުނިޔޭގެ ބައެއް ލީޑަރުންގެ ޓެކްސް ނުދައްކާ ފައިސާ ފޯރުވާ މައްސަލައާއި ވަގު ފައިސާގެ މުޢާމަލާތްތައް ލީކްކުރަމުން އަންނަ ޕެންޑޯރާ ޕޭޕާސްގައި ހުރި އިންޑިއާގެ ކުރީގެ ދެ ޕާލަމެންޓް މެމްބަރަކާއި ބެހޭ ރެކޯރޑްސްތައް “ދި އިންޑިއަން އެކްސްޕްރެސް ޝޯވ” އިން ތަހުޤީގުކޮށްފިއެވެ. މި ދެ މެންބަރުންނަކީ ވެސް ރާޖަސްތާނުގެ ރަސްކަލުންގެ ދަރިކޮޅަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. “ދި އިންޑިއަން އެކްޕްރެސް ޝޯވ”އިން ތަހުޤީގުކޮށްފައިވާ ރެކޯރޑްސްތައް ދައްކާ ގޮތުންނަމަ، އިންޑީއާގެ ކުރީގެ ޕާލިމެންޓް މެމްބަރުންކަމަށްވާ ޖޯދުޕޫރަ...

ފަތިސް ނަމާދުން ފެށިގެން ހަރަމްފުޅު އާންމު ހާލަތައް، އުފާވެރި މަންޒަރެއް
International

ފަތިސް ނަމާދުން ފެށިގެން ހަރަމްފުޅު އާންމު ހާލަތައް، އުފާވެރި މަންޒަރެއް

ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އާންމު ހާލަތަށްގެނެސް، ނަމާދުގެ ޖަމާއަތުގައި ގައިދުރުކޮށް ނަމާދު ކުރުން ނިމުމަކަށް ގެނެސްފި އެވެ. ކޮވިޑް 19އާއި ގުޅިގެން މައްކާގެ ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އެތައް ދުވަހަކު ބަންދުކޮށްފައި އޮތުމަށް ފަހު އާންމުންނަށް ހުޅުވާލިފަހުން ނަމާދުގެ ޖަމާއަތް ހެދުމަށް އިމާމު އިރުޝާދު ދެމުން އައީ ދުރު ދުރުގައި ތިބެގެން ނަމާދު ކުރުމަށެވެ. އަދި އެގޮތަށް އިންތިޒާމް ކުރުމަށް ސަފުތަކުގައިވަނީ ސްޓިކާވެސް ތަތްކޮށްފަ އެވެ. ނަމަވެސް ފަތިސްނަމާދުގެ ޖަމާއަތް ހެދުމަށް އިމާމް އިރުޝާދު ދ...

މަހުމޫދުގެ މަރު: ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

މަހުމޫދުގެ މަރު: ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފި

އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މަހްމޫދުގެ މަރުގެ ތުހުމަތުގައި ބިދޭސީ ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާއި އެކުގައިކަމަށެވެ. މަހްމޫދުގެ ހަބަރެއް ނުވެގެން ހޯދަންފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހޯދަމުން ދަނިކޮށް ފެނުނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މަހްމޫދު ފެނުނީ ރަށުގެ މެދަށްވާ...

އުތުރު ކޮރެއާގައި އެމެރިކާގެ ޑޮލަރަށް ވުރެ އެ ގައުމުގެ ފައިސާ ކުރިއަށްޖެހިލައިފި
Business

އުތުރު ކޮރެއާގައި އެމެރިކާގެ ޑޮލަރަށް ވުރެ އެ ގައުމުގެ ފައިސާ ކުރިއަށްޖެހިލައިފި

އިޤްތިޞާދީ ގޮތުން ހީނަރުކަން އައިސް، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވި ނަމަވެސް އުތުރު ކޮރެއާގެ ފައިސާ ނުވަތަ “ނޯތް ކޮރެއަން ވޮން” އެ ގައުމުގައި އެމެރިކާގެ ޔޫ.އެސް ޑޮލަރަށްވުރެ 25 އިންސައްތަ ކުރިއަށް ޖެހިލައިފިއެވެ. އާންމު ގޮތެއްގައި ޤައުމަކަށް ދަތި ހާލެއްގެ ކުރިމަތިވެއްޖެ ނަމަ، އެޤައުމެއްގެ ފައިސާގެ އަގު ދަށްވެއެވެ. ނަމަވެސް ކިމް ޖޮން އުންގެ އުތުރު ކޮރެއާއަށް ބަލާއިރު އެޤައުމުގެ ފައިސާއަށް ވަނީ ކުރިއެރުންލިބިފައެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކާބޯތަކެއްޗަށް އެޤައުމު ނުޖެހޭ މިންވަރަ...