ކަންނެތްކަމާއިއެކު، ކެލިފޯނިއާ ބަނދަރުގައި މަސައްކަތް ކުރަމުން އަންނަ ކެރޭން އޮޕަރޭޓަރުންނަށް އަހަރަކު 250،000 އެމެރިކާ ޑޮލަރު ލިބޭކަމަށް ބުނެފި އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖަލިސްގެ ބަނދަރުތަކަކީ އެޤައުމަށް އެތެރެކުރާ މުދަލުގެ 40 އިންސައްތަ މަސައްކަތް ކުރަމުން އަންނަ ބަނދަރުތަކެވެ. އެންމެ ކާރުބާރު ބޮޑު ބަނދަރުތަކުގެ މަސައްކަތްތައް މަޑުޖެހިފައި މިވަނީ ބާރުގަދަ ޔޫނިއަންއަކަށް ނިސްބަތްވާ ކެރޭން އޮޕަރޭޓަރުންތަކެއްގެ ނުފޫޒުންކަމަށް ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރިން ވަނީ ހާމަކޮށްފައެވެ.

Ad
rt

ކެރޭން އޮޕަރޭޓަރުންގެ މަސައްކަތްތައް ލަސްވާކަމަށް ބުނެ ޓްރަކް ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް އަންނަނީ ބަނދަރު ތޮއްޖެހެމުން އަންނަކަމަށް ވިދާޅުވެފަ ކެރޭން އޮޕަރޭޓަރުންގެ މަސައްކަތްތައް އަވަސްކުރުމަށް އެމީހުންނާއި ވާހަކަދައްކަމުންނެވެ.

ނަމަވެސް އަދިވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާކަމަށް ޓްރަކް ޑްރައިވަރުން އަންނަނީ ފާހަގަކުރަމުންނެވެ.

ކެރޭން އޮޕަރޭޓަރުންގެ ޔޫނިއަންގެ ނުފޫޒު މުޅި ބަނދަރުގައި އޮތް އިރު، ބަނދަރަށް އަންނަ ބޯޓުތަކުން ޓްރަކް އަށް މުދާ އެރުވޭ ސްޕީޑް ލަސްވަމުންދާ ދިއުމާއި އެކު ޓްރަކް ޑްރައިވަރުން ބަނދަރުގައި ތިބެންޖެހޭ ވަގުތު އިތުރު ވަމުން އަންނަކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ޖޯ ބައިޑެންގެ ސަރުކާރު އަންނަނީ ހަފްތާގެ 7 ދުވަހު 24 ގަޑިއިރު މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އޮޕަރޭޓާރުން މަސައްކަތް ކުރަމުން އަންނަނީ ހަފާތްއަކު 4 ދުވަހުގެ 24 ގަޑިއިރުއެވެ. މިހެން ވުމުން ބަނދަރުގައި ބޯޓުތައް ތޮއްޖެހުންވެސް ވަނީ އިތުުރެވެފައެވެ.

އެގޮތުން ލޮސް އެންޖެލިސްގެ 3 ބަނދަރަށް ދުވާލެއްގެ މައްޗަށް 88 ބޯޓު ގާތްކުރާއިރު، ކެރޭން އޮޕަރޭޓަރުންނަށް ދުވާލަކު ހުސްކުރެވެނީ މީގެ ތެރެއިން 59 ބޯޓުގެ މުދަލެވެ. މިހެންވުމުގެ ސަބަބުން ބޯޓުތައް ބަނދަރުގެ ވަށައިގެން ޓްރެފިކްގައި ޖެހިފައި ތިބެން ޖެހުމުގެ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.

114 އަހަރުވެފައިވާ ލޮސް އެންޖެލިސްގެ ބަނދަރުތަކުން ވަނީ ހުޅަނގުގެ ހެމިސްފިއާ ވޮލިއުމްގެ ރެކޯރޑްވެސް ހޯދާފައެވެ. އެގޮތުން މޭ މަހު އެ ބަނދަރުތަކުން ވަނީ 1 މިލިއަން ޓީ.އީ.ޔޫ ނުވަތަ ބޮޑެތި ކޮންޓެއިނަރު އުފުލާ ބޯޓުތަަކުން ކޮންޓެއިނާތައް ހުސްކޮށްފައެވެ. އަދި 10 މިލިއަން ޓީ.އީ.ޔޫ އަހަރެއްގެ މައްޗަށް ހުސްކުރެވޭކަމަށް ވެސް އެ ބަނދަރުތަކަށް ވަނީ ރެކޯރޑް ލިބިފައިވެއެވެ.