ދުނިޔޭގެ ބައެއް ލީޑަރުންގެ ޓެކްސް ނުދައްކާ ފައިސާ ފޯރުވާ މައްސަލައާއި ވަގު ފައިސާގެ މުޢާމަލާތްތައް ލީކްކުރަމުން އަންނަ ޕެންޑޯރާ ޕޭޕާސްގައި ހުރި އިންޑިއާގެ ކުރީގެ ދެ ޕާލަމެންޓް މެމްބަރަކާއި ބެހޭ ރެކޯރޑްސްތައް "ދި އިންޑިއަން އެކްސްޕްރެސް ޝޯވ" އިން ތަހުޤީގުކޮށްފިއެވެ.
މި ދެ މެންބަރުންނަކީ ވެސް ރާޖަސްތާނުގެ ރަސްކަލުންގެ ދަރިކޮޅަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.
"ދި އިންޑިއަން އެކްޕްރެސް ޝޯވ"އިން ތަހުޤީގުކޮށްފައިވާ ރެކޯރޑްސްތައް ދައްކާ ގޮތުންނަމަ، އިންޑީއާގެ ކުރީގެ ޕާލިމެންޓް މެމްބަރުންކަމަށްވާ ޖޯދުޕޫރަށް ނިސްބަތްވާ ގާޖް ސިންގް އާއި އުދައިޕޫރަށް ނިސްބަތްވާ އަރްވިންދު ސިންގް މޭވަރު ވަނީ އޮފްޝޯވ ކުންފުނިތަކަކާއި އެކު، މީގެ އަހަރު ތަކެއް ކުރިން މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ދައްކައެވެ.
އަދި އެ ދެބޭދުޅުން ހިމެނިވަޑައިގަންނަވަނީ ޕީ.އީ.ޕީން (ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންސް)ގެ ގޮތުގައެވެ. އެ ދެބޭފުޅުންނަށް ޖެހިފައިވަނީ ދެބޭފުޅުންގެ ނަމުގައި އޮތް ލަގްޒަރީ ހޮޓާތަކަކީ އެބޭފުޅުން ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންކަމަށް ސާބުކޮށްދިނުމަށް އެދިއެވެ.
ލީކްވެފައިވާ ޕެންޑޯރާ ޕޭޕާސްއިން ދައްކާ ގޮތުންނަމަ، 2010 ވަނަ އަހަރު މޭވަރު ވަނީ ސިންގަޕޫރުގެ އާސިއާސިޓީ ޓްރަސްޓާއި އެކު ބްރިޓިޝް ވާޖިން އައިލެންޑްސް (ބީ.އައި.ވީ)ގައި ފާ އީސްޓް ޓްރަސްޓްއެއް ހުޅުވާ، އޭނާގެ ރަޖިސްޓްރީ އެޑްރެސްއަކަށް އުދައިޕޫރުގައި ހުރި ގޭގެ ނަން ބޭނުންކޮށްފައެވެ.
މީގެ އިތުރުން ވެސް އޮފްޝޯވ ދެ ކުންފުންޏަކާއި އެކު އޭނާ ވަނީ މިޓްރަސްޓްތަކުގެ ދަށުން އެގްރިމެންޓެއް ހަދާފައެވެ.
ގްރިޓް ޓްރަސްޓް ބުނާ ގޮތުންނަމަ، ބެނަފިޝަރީ ނުވަތަ ވާރުތަވެރިއެއްގެ ގޮތުގައި ގްރިޓް ޓްރަސްޓްގައި ޖައްސާފައިވަނީ މޭވާރުގެ އަންހެން ދަރިފުޅުކަމަށްވާ ބަރްގަވީ ކުމާރީ މޭވާރްގެ ނަމެވެ.
އާސިއާސިޓީސްގެ ރެކޯރޑްތައް ދައްކާ ގޮތުން، ލަންޑަންގައި ހުރި ކްލަރެންޑަން މީވްސް އަކީ މޭވާރު އާއިލާއިން ފާ އީސްޓް ޓްރަސްޓް ބޭނުންކޮށްގެން ނަގާފައިވާ އިމާރާތެއްކަމަށް ދައްކައެވެ. އަދި 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު އޭނާ ވަނީ 1.94 މިލިއަން އެމެރިކާ ޑޮލަރަށް އެތަން ވިއްކާލާފައެވެ. މިއީ ގާތްގަނޑަކަށް 19.94 ކަރޯޑު އިންޑިއަން ރުޕީސްއެވެ.
މިކަންތައްތަކާއި ބެހޭ ގޮތުން "ދި އިންޑިއަން ޓައިމްސް ޝޯވް" މޭވާރު އާއި ސުވާލުކުރުމުން އޭނާ ވިދާޅުވެފައިވަނީ ޤައުމަށް ޤަވައިދުން ޓެކްސް ދައްކަމުން އަންނަ އިރު އޭނާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ނުދެއްކުމަށް ބުނެފައެވެ.
ގާޖް ސިންގްއާއި ބެހޭ ގޮތުން ޕެމްޑޯރާގައި ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، 2018 ވަނަ އަހަރު ޖެނީވާގެ ފިދިނަމް ކުންފުންޏަކާއި އެކު ޓްރައިޑެންޓް ޓްރަސްޓެއް އުވާލުމަށް އޮފްޝޯރ ކުންފުންޏެއް ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާތަކެއް ވަނީ ފެންމަތިވެގެންނެވެ.
މިޖަރީމާގައި އޭނާ ވަނީ ބިލްތަކުގައި ނަން ނުޖަހައި އޭނާގެ އެސެޓްތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތުތައްވެސް ސިއްރުކޮށްފައެވެ. އަދި މިކަމާއި ބެހޭ ގޮތުން "ދި އިންޑިއަން ޓައިމްސް ޝޯވ" އިން ގާޖް ސިންގްގެ ބަހެއް ހޯދުމަށް އީމެއިލް ކުރުމުން، ޖަވާބުގައި ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވަނީ އޭނާގެ ނަން ގޫގުލްގައި ޖެމުހުން އޭނާއާއި ބެހޭ މަޢުލޫމާތުތައް ލިބޭނެކަމަށެވެ.
ޕެންޑޯރާ ޕޭޕަރުތަކެއް ލީކްވެ 35 ލީޑަރަކާއި، ކުރީގެ ބައެއް ލީޑަރުންގެ އިތުރުން 300 އަށްވުރެ ގިނަ ޕަބްލިކް އޮފިސަރުންގެ ފައިލްތަކެއްވަނީ ލީކްވެފައެވެ. މިފަދަ ބާރުވެރި މީހުންގެ ލީކްވާ ފައިލްތަކާއި ބެހޭ މަޢުލޫމާތުތައް ތަހުޤީގުކުރުމަށް 650 ރިޕޯރޓަރުން ހިމެނޭހެން އިންޓަރނޭޝަނަލް ކޮންސޯރޓިއަމް އޮފް އިންވެސްޓިގޭޓިވް ޖަރނަލިޒަމް (އައި.ސީ.އައި.ޖީ) ކިޔާ ޓީމެއް ވަނީ އުފައްދާފައެވެ. އެގޮތުން ބީބީސީ ޕެނަރޯމާއާއި ގާރޑިއަން މީޑިއާ ގުޅިގެން މިހާތަނަށް 14 ކުންފުންޏަކުން ހުށަހަޅާފައިވާ 12 މިލިއަން ޑޮކިއުމަންޓަކާއި ފައިލްވަނީ ދިރާސާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!