ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެފްރިކާ ބައްރުގެ ފަގީރުންގެ އަދަދު 118 މިލިއަނަށް އަރާފާނެ

photo_2021-10-20_13-49-42

ދުނިޔޭގެ ތިމާވެއްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން 2030 ވަނަ އަހަރު އަންނަ އިރު، އެފްރިކާ ބައްރުގައި 118 މިލިއަން ފަގީރުން ތިބޭނެކަމަށް ޑަބްލިޔު.އެމް.އޯއިން ބުނެފިއެވެ.

ވޯލްޑް މީޓިއަރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ)އިން ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، އެފްރިކާ ބައްރަށް ދިމާވެފައިވާ ތިމާވެށްޓާއި ގުޅިގެން ދިމާވަމުން އަންނަ މައްސަލަތަކުގެ އެންމެ ބޮޑު އަސްލަކަށް ވެފައި ވަނީ، އެފްރިކާ ބައްރުގެ 54 ގައުމަކުން ބޭރުކުރާ ވިހަ ގޭސްތަކެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ މޫސުމަށް އަންނަ ބަދަލްތަކާއި އެކު ހޫނު ގަދަވެ ބޯފެން ލިބުން ދަތިވުމާއި، ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އެފްރިކާގެ ގައުމުތަކުގެ އިޤްތިޞޯދު ބަރޯސާވެފައިވާ ދަނޑުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ލިބޭނެކަަމަށް އެފްރިކަން ޔޫނިއަން ކޮމިޝަނުންވެސް ވަނީ ހާމަކޮށްފައެވެ.

އަދި އެންމެ ފަގީރު މީހާއަށް ދުވާލެއްގެ މައްޗަށް ލިބޭނެ އާމްދަނީއެއްގެ ގޮތުގައި ޑަބްލިޔު.އެމް.އޯ އިން ލަފާކޮށްފައިވަނީ 1.90 އެމެރިކާ ޑޮލަރެވެ.

2050 ވަނަ އަހަރު އަންނައިރު، މިކަންތައްތަކަށް އެދެވޭ ހައްލެއް ނުލިބޭނަމަ، އެގައުމުގެ އުފެއްދުންތެރިކަން ދައްވާނެކަމަށް އެފްރިކަން ޔޫނިއަން ކޮމިޝަންގެ ކޮމިޝަނާ ފޯރ ރޫރަލް އިކޮނޮމީ އެންޑް އެގްރިކަލްޗަރ ޖޯސެފާ ލިއޮނެލް ކޮރެއިއާ ސާކޯ ވިދާޅުވިއެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު، އެޓްލާންޓިކް ކަނޑުގެ ދެކުނަށާއި، ޖަޒީރާ ރަށްރަށުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުތަކަށް ކަނޑުގެ ލޮނު ގަނޑު ބޮޑުވުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.

އަދި ފާއިތުވި 30 އަހަރުގެ ތެރޭގައި އެފްރިކާ ބައްރުގެ ގައުމުތަކުގެ މިކަމުގެ އަސަރުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.

ދުނިޔޭގެ ތިމާވެއްޓަށް ކުރަމުންދާ ގެއްލުމުން ރައްކާތެރިވުމަށް ދުނިޔޭގެ މުއްސަނދި ގައުމުތަކުން އެފްރިކާގެ ގައުމުތަކަށް އެހީވުމަށް އެގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. އެގޮތުން އަހަރެއްގެ މައްޗަށް 100 ބިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް ދިނުމަށް ގޮވާލާފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *