10 ގައުމެއްގެ ފަތުރުވެރިންނަށް ކަރަންޓީނު ވާންނުޖެހި ނޮވެމްބަރުން ފެށިގެން ތައިލެންޑަށް އެތެރެވެވޭނެ

Thailand Airport

ކޯވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ 10 ގައުމެއްގެ، ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ތައިލެންޑް ހުޅުވާލަން ނިންމައިފިއެވެ.

މިގޮތުން އެ ގައުމުތަކުގެ ފަތުރުވެރިން ތައިލެންޑްއަށް އެތެރެވުމުގެ ކުރިން ސީޕީއާރް ޓެސްޓް ހަދައި، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވާންޖެހޭނެކަަމަށް އެ ގައުމުން ބުނެފަވެއެވެ. އަދި އެ ފަތުރުވެރިން ތައިލެންޑަށް އެތެރެވުމަށްފަހު ވެސް ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭއިރު، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ ތައިލެންޑްގައި ކަރަންޓީން ނުވެ އުޅެވޭނެކަމަށް ތައިލެންޑް ޓޫރިޒަމް ބޯޑުން ވަނީ ބުނެފައެވެ.

ތައިލެންޑްއަށް އެރުމަށް ހުއްދަދީފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިންގިރޭސިވިލާތް، ކެނެޑާ، ޖަރުމަންވިލާތް، ޗައިނާ، ސިންގަޕޫރު އަދި މެލޭޝިޔާ ހިމެނެއެވެ. އަދި އިތުރު 3 ގައުމެއްގެ ފަތުރުވެރިން އެތެރެވާން ހުއްދަ ދޭން ނިންމާފައިވާއިރު، އެގައުމުތަކުގެ ނަން އިޢުލާންކުރުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގައިކަމަށްވެސް ޓުއަރިޒަމް ބޯޑުން ހާމަކޮށްފައިވެއެވެ.

ނޮވެމްބަރު މަހު ތައިލޭންޑްގެ ބޯޑަރު ހުޅުވާލާ ތައި އެއާރވޭސްއިން މިހާރުވެސް ދަނީ އެގައުމުގެ 36 މަންޒިލަކަށް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށް ތައިލެންޑްގެ ބޮޑުވަޒީރު ޕުރަޔުތް ޗަން އޯޗާ ވަނީ ވިދާޅިވެފައެވެ.

ތައިލެންޑް ފަތުރުވެރިންނަށް ނޮވެމްބަރު 1 ގައި ހުޅުވާލަން ތައްޔާރުވެފައިވާ އިރު އެގައުމުގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ތައި ސަރުކާރުން އެ ގައުމުގައި ހިންގާފައިވާ ލޮކްޑައުން ނިމުމަކަށް ގެނެސްފައި ނުވާތީ އެގައުމުގެ ޒުވާނުންނާއި ޅައުމުރުފުރާގެ ކުދިން އަންނަނީ މަގުތަކުގައި މުޒާހަރާ ވެސް ކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.