ސްނޭކް ގޭމް އެކުލެވިގެންވާ ނޮކިއާގެ ކްލެސިކް މޮޑެލް "6310" ފޯނު އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހު ރީ ލޯންކޮށްފިއެވެ.
ނޮކިއާ ކްލެސިކް "6310" ފޯނު ނެރުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނަމަވެސް، މި ފޯނަށް އިންތިޒާރު ކުރަމުން ދިޔަ މީހުން ވެސް މަދެއް ނޫނެވެ.
ނޮކިއާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ކުރީގެ މޮޑެލްތައް އަލުން ބާޒާރަށް ނެރުމަށް ނިންމާފައިމިވަނީ، އެ މޮޑެލްތަކަށް އަދިވެސް އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ބޮޑުވުމުންނެވެ. ހަމަ މިއާއިއެކު، އަދިވެސް ނޮކިއާ "6310" އަށް ތަރުހީބު ލިބޭ މިންވަރު އިތުރުކަން ފާހަގަކޮށް ކުދި ކުދި ބަދަލްތަކަކާއި އެކު މި ފޯން މިވަނީ އަަލުން ބާޒާރަށް ނެރެފައެވެ.
ގިނަ ބަޔަކު ބެކަޕް ފޯނެއްގެ ގޮތުން ނޮކިއާގެ "6310" ބޭނުން ކުރަމުން އަންނަނީ ޒަމާނީ ފޯނުތަކާއި ޚިލާފަށް މި ފޯންގެ ބެޓެރި ގިނަ ދުވަހު ހިފެހެއްޓުމާއި އެކު ފޯން ހަދާފައިވާ މެޓީރިއަލްގެ ސަބަބުން ފޯނު ތަޅައިން ދިއުމާއި ފޯނަށް ލިބޭ ގެއްލުންތައް ކުޑަވެ ގިނަ ދުވަހު ހަލާކު ނުވެ ފޯން ބޭނުންކުރެވުމެވެ.
ރީ ލޯންޗް ކުރެވިފައިވާ ފޯނުގައި، ފިއްތައް ބޮޑުވެފައި، މެނުއަލް ޒޫމް ކުރެވުމުގެ އިތުރުން ވަޔާލެސް އެފް.އެމް ރޭޑިއޯ ގެ ފީޗާވެސް އެކުލެވިގެންވެއެވެ. ނިއު ރިލީސްގައި 3 ކުލައެއް ނެރެފައިވާއިރު، ކަޅު، ރީނދޫ އަދި ގަދަ ފެހި ކުލަ ހިމެނެއެވެ.
އަލަށް ނެރުން ފޯނުގައި 16 އެމް.ބީ ރެމް އަދި 8 އެމް.ބީ އިންޓާނަލް ސްޓޯރޭޖެ އެކުލެވިގެންވެއެވެ. މީގެ އިތުރުން 2 ސިމް މި ފޯނުގައި ބޭނުންކުރެވޭނެކަމަށްވެސް ނޮކިއާ ކުންފުނިން ބުނެފައިވެއެވެ.
ނޮކިއާ 6310 ގެ އަަލަށް ތައްޔާރުކުރެވުނު ފޯނުގެ ސްކްރީންއަށް ބަލާއިރު، އެތެރޭގެ ސްކްރީންގައި 1.8 އިންޗި އަދި ބޭރު ސްކްރީންގައި 2.8 އިންޗި ހުރެއެވެ.
މި ފޯން ވެގެންދާނީ އަދިވެސް ބާޒާރުގައި އެންމެ އަގު ދަށް އެއް ފޯނަށެވެ. މި ފޯންގެ އަގަކީ 68 އެމެރިކާ ޑޮލަރު (1،048 ދިވެހި ރުފިޔާ) އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!