ރިސޯޓެއްގައި ޒުވާނަކު ރޭޕްކުރިކަމަށް ބުނާ މައްސަލަ: "ރޭޕް ކުރިކަމުގެ އެއްވެސް ހެތްކެއް ނެތް": ޕޮލިސް
ރިސޯޓެއްގައި ޒުވާނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށް މީލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފި އެވެ. މީޑީޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަ ކުރާކަމަށެވެ. ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހ...