ރިސޯޓެއްގައި ޒުވާނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށް މީލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފި އެވެ.

މީޑީޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަ ކުރާކަމަށެވެ.

Ad
rt

ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެއަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުންނެވެ.

ފުލުހޖން ބުނެފައިވެއެވެ.

ފުލުހުން ބުނީ މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވާކަމަށާއި އަދި މިމައްސަލައާގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ ދިވެހިރާއްޖެއިން ފުރާފަކަމަށެވެ.

ޖިންސީކުށުގެ ޚަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ޚަބަރުތައް ގެނެސް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.