ަދަރިމައިވާ ޢުމުރުގައި (15އަހަރާއި 49 އަހަރާއި ދެމެދު) ކޮންމެ އަންހެނަކުވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ސަމާލުކަންދިނުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއްވެއެވެ. މިގޮތުން ބަލިވެ އިނުމުގެ ކުރިން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި ފޯލިކް އެސިޑް ބޭނުންކުރަން ފެށުމަކީ ބަނޑުގައިވާ ކުޑަދަރި ފުޅު ދުޅަހެޔޮ ޞިއްޙަތަކާއިއެކު ހެދިބޮޑުވުމަށް ވަރަށް މުހިއްމު ކަމެކެވެ.
ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ތާޒާ މޭވާ، ތަރުކާރީ އަދި ގޮވާމާއި ގޮވާމުގެ ބާވަތްތައް، ސަރުބީ މަދުން ހިމެނި ފައިވާ ކިރާއި ކިރުގެ ބާވަތްތަކާއި ކަނޑުމަހާއި އަދި ފަރުމަސް ހިމަނާށެވެ. ތެލުލި ހެދިކާ، ތައްޔާރީ ކާނާ އާއި ގިނަ ޢަދަދަކަށް ހަކުރު ހިމެނި ފައިވާ ބުއިންތަކާއި ކެފެއިން ހިމެނޭ ބުއިން (މިސާލު: ކޮފީ ، ކަޅު ސައި، އެނާރޖީ ޑްރިންކްސް ، ފިޒީ ޑްރި ންކްސް) ތަކަށް ނޫނެކޭ ބުނާށެވެ.
ވީ ވަރަކުން ރާއްޖެއިން ލިބެން ހުންނަ ތަކެތި، އޭގެ ތާޒާ ކަންމަތީ ހުއްޓާ ކެއުމަށް އާދަކުރާށެވެ. ގޮވާމާއި ގޮވާމުގެ ބާވަތްތައް ކެއުމުގައި ހިމެނުމުގައި ބޮޑަށް ރަނގަޅީ ޕްރޮސެ ސް ކޮށްފައިނުވާ ގޮވާމުގެ ބާވަތްތައް އާޓާފުށް، ހަރު ހަނޑޫ ފަދަ ތަކެއްޗެވެ. ރަހަމީ ރުކުރުމަށްޓަކައި ބައެއް ފަހަރު ކާނާ ތައްޔާރުކުރެވޭ ގޮތަކުން ފައިދާހުރި އެތައް ާއްދާތަކެއް ގެއްލިގެން ދެއެވެ. މިސާލަކަށް ހަނޑުލާއި
ގޮވާމުގެ ބާވަތްތައް ޕްރޮސެސް ކުރުމުގެ ތެރޭގައި އޭގައިވާ އެތައް ބައިވަރު ވިޓަމިންސް އާއި މިނަރަލްސް އަދި ފައިބަރ ގެއްލިގެން ދެއެވެ. ޕްރޮސެސް ކުރަނީ ކުލަ އަދި ރަހަޔަށް ބަދަލު ގެނައުމަށްޓަކައެވެ. މިގޮތުން، ރަތް ހަނޑޫ، އާޓާ ފުށްފަދަ ގޮވާމާއި ގޮވާމުގެ ބާވަތްތައް ޞިއްޙަތަށް ރަނގަޅުކަމަށް ބުނެވެނީ މިބާވަތްތައް އެހާ ބޮޑަށް ޕްރޮސެސް ކޮށްފައި ނުވާތީ އެވެ.
ބަލިވެއިނުމަށް ތައްޔާރުވުމުގެގޮތުން ދުރާލާ ފޯލިކް އެސިޑްސަ ޕްލިމަންޓެއް (500 މައިކްރޯގްރާމް/5.0 މިލިގްރާމް) ކޮންމެ ދުވަހަކު ބޭނުން ކުރަން ފަށާށެވެ.
ފޯލިކް އެސި ޑަކީ މާބަނޑުވުމުގެ ފުރަތަމަ ތިންމަސް ދުވަހުގެ ކުރިންނާއި ބަލިވެއިނުމުގެ ފުރަތަމަ ތިންމަސް ދުވަހުގައި ބޭނުންކުރުން ވަރަށް މުހިއްމު މާއްދާއެކެވެ. އަދި ފޯލިކް އެސިޑް ގިނަ އަދަދަކަށް ހިމެނި ފައިވާ ފެހި ތަރުކާރީ އާއި ގޮވާންފަދަ ކާބޯތަކެތި ގިނައިން ކެއުމުގައި ހިމަނާށެވެ. ފޯލިކް އެސިޑް ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ބައިގެންދިއުމާއި ދުވަސް ނުފުރާ ވިހެއުމުގެ އިތުރުން "ނިއުރަލް ޓިއުބް ޑިފެކްޓްސް" ނުވަތަ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އުފެދެން ވާގޮތް ނޫންގޮތްގޮތަށް އުފެދެއެވެ.
މިގޮތުން ހޯދުންތަކުން ދައްކާގޮތުގައި ބަލިވެއިނުމުގެ ކުރިން ފޯލިކް އެސިޑް ގަވާއިދުން ބޭނުން ކުރުމުން "ނި އުރަލް ޓިއުބް ޑިފެކްޓްސް" 'ގެ 70 އިންސައްތަ މައްސަލަތަކުން ރައްކާތެރި ކޮށްދެއެވެ.
ނިއުރަލް ޓިއުބަކީ ގަރުބަގަތުމަށްފަހު ފުރަތަމަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ބެދިގެންދާ 'ހޮޅި" އެކެވެ. މިމުއްދަތުގެތެރޭގައި މި 'ހޮޅި' ބެދުމަށްފަހު ތުއްތު ދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އުފެދެން ފަށައެވެ. "ނި އުރަލް ޓިއުބް" ބެދޭއިރު، އެއްވެސް ހިސާބެއްގައި ހީނަރުކަމެއް އަތުވެއްޖެނަމަ، މިމައްސަލަ ހުރި ހިސާބެއްގެ ގޮތުން، ސިކުނޑިން ނުވަތަ މައިބަދައިން ބައެއް ނިކުމެފައި ހުރުމުގެ އިތުރުން އެހެނިހެން ތަފާތުތައް ހުރުން އެކަށީގެންވެއެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ ދަރިފުޅަކީ ނުކުޅެދޭ ކުއްޖަކަށް ވުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ.
ުކުޑަދަރިފުޅު އައިބުތަކާއިއެކު ދުނިޔެއަށް އުފަންވުމުގެ ފުރުސަތު ކުޑަކުރުމަށް އަދި ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއާއި މައިބަދަ ފުރިހަމަ ގޮތުގައި ހެދިބޮޑުވުމަށްޓަކާ ބަލިވެއިނުމަށް ގަސްތު ކުރިންސުރެ ފޯލިކް އެސިޑް ބޭނުން ކުރައްވަން ފައްޓަވާ!
ަފޯލިކް އެސިޑްއިން ބަނޑުގައިވާ ކުޑަދަރި ފުޅުގެ ސިކުނޑިއާއި މައިބަދަ އަދި ނާރުތައް ތަރައްޤީ ވުމުގައި އެހީ ތެރި ވެދީ ލޭމަދުވުމުން މައިމީހާ ރައްކާތެރި ކޮށްދޭނެއެވެ. ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް ފޯލިކް އެސިޑް ނެތިއްޖެނަމަ، ބައިގެންދިއުމާއި ދުވަސް ނުފުރާ ވިހެއުމާއި، ވިހާއިރު ދަރި ފުޅުގެ ބަރުދަން ލުއިވުމާއި، ދަރިފުޅުގެ ހެދިބޮޑުވުން ލަސްވުން އަދި ޚާއްސަ ގޮތެއް ގައި "ނި އުރަލް ޓިއުބް ޑިފެކްޓްސް" ނުވަތަ ސިކުނޑިއާއި މައިބަދަ އުފެދުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.
ފޯލިކް އެސިޑް ނަގަންފަށަންވީ ކޮންއިރަކު؟
ފޯލިކް އެސިޑް ހަށިގަޑަށް އެންމެ މުހިންމުވަނީ ބަލިވެއިނުމުގެ ކުރިންނާއި ބަލިވެއިނުމުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައެވެ. ބައެއް ފަހަރަށް ބަލިވެއިންކަން އެނގެނީ ބަލިވެއިންނަތާ 2 މަސް ނުވަތަ ތިން މަސް ފަހުންނެވެ. އެހެންކަމުން ބަލިވެ އިނުމަށް ތައްޔާރުވީންސުރެ ފޯލިކް އެސިޑް ބޭނުން ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަދި ބަލިވެ އިންއިރު ފޯލިކް އެސިޑް ބޭނުންކުރަން ފަށާފައި ނުވާނަމަ ބަލިވެ އިންކަން އެނގޭ ވަގުތުން ފެށިގެން ވީ އެންމެ އަވަހަކަށް ފޯލިކް އެސިޑް ބޭނުން ކުރަން ހަނދާންކުރަންވާނެއެވެ.

ފޯލިކް އެސިޑް ގިނަ ޢަދަދަކަށް ހިމެނޭ ކާބޯތަކެތީ ގެ ތެރޭގައި ފެހިކަންގަދަ ފަތް، ހުތް މޭވާ، މުގާއި، ނަޓްސް އަދި ބީންސް ފަދަ ތޮޅީ ގެ ބާވަތްތައް ހިމެނެއެވެ.
ަދަގަނޑުގެބައި ހިމެނޭ ސަޕްލިމަންޓެއް ބޭނުން ކުރަމުން ގެންދާއިރު ބަނޑުހަރުވުން ނުވަތަ ބަނޑަށް އުނދަގޫވުން ފަދަ އުނދަގުލެއް އިޙްސާސް ކުރެވޭނަމަ އެ ސަޕްލިމަންޓެއް ހުއްޓާނުލާ ސިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!