ބަލިވެއިނުމުން މައިމީހާގެ ހަށިގަނޑަށް ބަދަލުތަކެއް އާދެއެވެ. އެހެންކަމުން އެދުވަސް ވަރު ކެއިން ބުއިމުގެ އާދަތަކަށް ބަދަލުގެނައުމަކީ މުހިއްމު ކަމެކެވެ. ބަދަލުވަމުންދާ ހަށިގަނޑަށާއި ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުމަށް ދެވޭނެ އެންމެ ބޮޑު އެހީއަކީ ހަށިގަނޑަށް ފައިދާހުރި ތަފާތު ބާވަތްތަކުގެކާނާ ބޭނުންކުރުމެވެ.

ކުޑަދަރި ފުޅަށާއި މައިމީހާގެ ފުރާނައަށް ދިމާވެދާނެ އެކި އެކި މައްސަލަތަކާއި ދިގު މުއްދަތަކަށް ދެމިގެން ހިނގާދާނެ ފަދަ ޞިއްޙީ މައްސަލަތަކުން އެއްކިބާވުމަށް މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިދާހުރި ކާނާކެއުމަށް އާދަކުރާށެވެ. ލޭމަދުވުމާއި ގެސްޓޭޝަނަލް ޑަޔަބީޓީސް (މާބަނޑު ދުވަސް ވަރު ހަކުރު މައްޗަށް ދިއުން) އަކީ ދިވެހިރާއްޖޭގައި މާބަނޑު މީހުންގެ ފަރާތުން ވަރަށް ގިނައިން ފެންނަ ކަމެކެވެ.

Ad
rt

ބޭނުންވާ މުހިއްމު މާއްދާތައް ހަށިގަނޑަށް ނުލިބުމާއި ހަކުރުގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ މިކަމުގެ އަސަރު މައިމީހާގެ ޞިއްޙަތަށާއި ބަނޑުގައިވާ ދަރި ފުޅުގެ ހެދިބޮޑުވުމަށް ފޯރުން އެކަށީ ގެންވާކަމެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދުވަސް ނުފުރާ ވިހެއުމާއި ވިހާއިރު ކުޑަ ދަރިފުޅުގެ ބަރުދަން ލުއިވުމާއި ނުވަތަ މާ ބަރުވުމާއި، ކުޑަ ދަރިފުޅުގެލޭގައި ހަކުރު ހުންނަ މިންވަރު ދަށްވުމާއި (ހައިޕޯގްލައިސީމިއާ)، އުފަންވާއިރު އައިބުހުރުމާއި، ފަހަރެއްގައި ވިހާއިރު ދަރިފުޅުގެ ފުރާނަނެތުން ފަދަ ކަންކަން ކުރި މަތިވެދާނެއެވެ.

މާބަނޑު ދުވަސްވަރު މައިމީހާގެ ހަކުރު މާބޮޑަށް މަތިވުމުގެ ސަބަބުން ކުއްޖާގެ ބަރުދަން އިތުރުވެ، ވިހެއުމުގައި ދަތިތަކާ ކުރިމަތި ލާން ޖެހެއެވެ. އަދި ކުއްޖާ ބޮޑުވުމަށްފަހު ހަކުރު ބަލީ ގެ (ޓައިޕް 2) ކުއްޖަކަށްވުމުގެ ފުރުސަތު ބޮޑުވެއެވެ. ކައިބޮއި އުޅުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން މިފަދަ ކަންކަމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ބަލިވެއިނުމަށްފަހު ވިހެއުމާއި ހަމައަށް ރަނގަޅު ކާނާ
ކެއުމަށް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަންވާނެއެވެ.

ާމާބަނޑު ދުވަސްވަރާއި ގާތުން ކިރުދޭ ދުވަސްވަރުގައި ކައިބޮއެ އުޅޭ ތަކެތީގެ އަސަރު މައިމީހާއަށާއި ކުޑަދަރި ފުޅަށް ފޯރާނެ!

މައިކްރޯނިއުޓްރިއެންޓްސް އެކުލެވޭ ކާނާ، ކެއުމުގައި ހިމެނުމަށް ޚާއްސަ ސަމާލުކަމެއްދޭށެވެ.

ފޯލިކް އެސިޑް

ަބަނޑުގައިވާ ކުޑަދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އަދި ނާރުތައް ތަރައްޤީ ވުމުގައި އެހީތެރި ވެދީ ލޭމަދުވުމުން މައިމީހާ ރައްކާތެރި ކޮށްދޭނެއެވެ. ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް ފޯލިކް އެސިޑް ނެތިއްޖެނަމަ، ބައިގެންދިއުމާއި ދުވަސްނުފުރާ ވިހެއުމާއި، ވިހާއިރު ދަރިފުޅުގެ ބަރުދަން ލުއިވުމާއި، ދަރިފުޅުގެ ހެދިބޮޑުވުން ލަސްވުން އަދި ޚާއްސަ ގޮތެއް ގައި "ނިއުރަލް ޓިއުބް ޑިފެކްޓްސް" ނުވަތަ ސިކުނޑިއާއި މައިބަދަ އުފެދުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.

ޯފޯލިކް އެސިޑް ގިނަ ޢަދަދަކަށް ހިމެނޭ ކާބޯތަކެތީ ގެ ތެރޭގައި ފެހިކަންގަދަ ފަތް، ހުތް މޭވާ، މުގާއި، ނަޓްސް އަދި ބީންސް ފަދަ ތޮޅީގެ ބާވަތްތައް ހިމެނެއެވެ.

ައަޔަން (ދަގަނޑުގެ ބައި)

ެައަޔަން (ދަގަނޑުގެ ބައި) އެހީތެރިވެދެނީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކުރުމަށާއި ލޭގައި ހިމެނޭ ރަތްކުލައިގެ މާއްދާ ކަމަށްވާ ހީމޯގްލޯބިން އުފެއްދުމަށެވެ. މާބަނޑުވުމުން ހަށިގަނޑުގައި ހިމެނޭ ލޭގެ މިންވަރު 50 އިންސައްތަ އަށް އިތުރުވެ ހިތަށާއި ލޭދައުރު ކުރުމަށް ބަދަލުތަކެއް އައިސް ހަށިގަނޑުގެ ގުނަވަންތަކާއި ބަނޑުގައި ބޮޑުވަމުން އަންނަ ދަރިފުޅަށް ލޭފޯރުކޮށްދެވޭ މިންވަރު އިތުރުވެގެންދެއެވެ.

ައަޔަން ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި ފެހިކަންގަދަ ފަތް (މިސާލަކަށް މުރަނގަފަތް، މައްސާގުފަތް، ކޮޕީ ފަތް، ކަންކުންފަތް)، ގެރި މަސް ، ކުކުޅުމަސް ، ކަނޑު މަސް ، ކަދުރު، ކަރާ އަދި ބީ ޓްރޫޓް ހިމެނެއެވެ.

ަދަގަނޑުގެބައި ހިމެނޭ ސަޕްލިމަންޓެއް ބޭނުން ކުރަމުން ގެންދާއިރު ބަނޑުހަރުވުން ނުވަތަ ބަނޑަށް އުނދަގޫވުން ފަދަ އުނދަގުލެއް އިޙްސާސް ކުރެވޭނަމަ އެ ސަޕްލިމަންޓެއް ހުއްޓާނުލާ ސިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދާށެވެ.

ކާނާގައިވާ ދަގަނޑުގެބައި ހަށި ގަނޑަށް ނަގައިދިނުން

ާކާނާގައި ހިމެނޭ ދަގަނޑުގެބައި ހަށިގަނޑަށް ނަގައިދޭ މިންވަރު އިތުރުކުރުމަށްޓަކާ ވިޓަމިން ސީ ހިމެނޭ ކާބޯތަކެތި މިސާލަކަށް އޮރެންޖް، އަނބު، ނުވަތަ ލިނބޯ ޖޫސް ކާވަގުތުތަކުގައި ހިމަނާށެވެ.

ާކާވަގުތުތަކުގަޔާއި ކެއުމުގެ ފަހުން އަދި ކެއުމުގެ ކުރިންވެސް ސަ އި، ކޮފީ، އެނަރޖީ ޑްރި ންކްސް އަދި ކޯކް ފަދަ ތަކެތި ބޭނުން ނުކުރާށެވެ. މިފަދަ ބުއިން ތަކުގައި ހިމެނޭ ޓެނިންސް އަދި ކެފީން ފަދަ މާއްދާތައް ދަގަނޑުގެ ބައި ހަށިގަނޑަށް ނަގައިދިނުމަށް ހުރަސްއަޅަ އެވެ.

ެކެލްސިއަމް

ެކެލްސިއަމް އެހީތެރި ވެދެނީ ބަނޑުގައިވާ ދަރިފުޅުގެ ކަށިތައް ވަރުގަދަ ކުރުމަށާއި މައިމީހާގެ ކަށިތަކާއި ދަތްޕިލަ ވަރުގަދަ ކުރުމަށެވެ. މީގެ އިތުރުން ކެލްސިއަމްއަކީ ނާރުތަކާއި، މަސްތަކަށާއި ލޭދައުރުވުމުގެ ނިޒާމަށްވެސް ވަރަށް މުހިއްމު އެއްޗެކެވެ. މައިމީހާގެ ކެއުމުގައި އެކަށީގެންވާ މިންވަރަށް ކެލްސިއަމް ނުހިމެނޭނަމަ ބަނޑުގައިވާ ކުޑަދަރިފުޅަށް ކެލްސިއަމް ލިއްބައިދޭނީ މަންމަގެ ކަށިތަކުގައިވާ ކެލްސިއަމް އިންނެވެ.

މިކަމުގެ ސަބަބުން އޮސްޓިއޮޕޯރޮސި ސް (ކަށީގައި ހޮއިހެދުން) ފަދަ ނޭދެވޭ އަސަރުތައް މައިމީހާގެ ޞިއްޙަތަށް ފަހުން ފޯރުމަކީ އެކަށީ ގެންވާ ކަމެކެވެ.

ެކެލްސިއަމް ގިނަ ޢަދަދަކަށް ހިމެނިފައިވާ ކާބޯތަކެތީ ގެ ތެރޭގައި ސަރުބީ މަދުން ހިމެނި ފައިވާ ކިރު، ހަކުރާއި ސަރުބީ މަދު ޔޯގަރޓް، ޗީޒް، މައްސާގުފަތް، ކަންކުންފަތް އަދި ރެހި ހިމެނެވެ.

މާބަނޑު ދުވަސްވަރު ކެއުން ގެންގުޅެންވީ ކޮންއެއްޗެއް ކިހާވަރަކަށް ހެއްޔެވެ؟

ަމައިމީހާ އާއި ކުޑަ ދަރިފުޅު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކާ ބޭނުންވާ އެންމެހާ ބައިތައް ލިބިދިނުމަށްޓަކާ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ތަފާތުވައްތަރުގެ ފައިދާ ހުރި ކާނާ ހިމަނަންވާނެއެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކޮންމެހެން ހިމަނަންޖެހޭ ބާވަތްތަކުގެތެރޭގައި:

މާބަނޑު ދުވަސްވަރު ޢާންމުކޮށް ކާ ވަރަށްވުރެ އިތުރުން އެއްފަހަރު ލުއި ކެއުމެއް ކާންވާނެއެވެ. ނޫނީ ދެފަހަރެއްގެ މަތިން ޞި އްޙަތަށް ފައިދާހުރި ލުއި އެއްޗެއް ކާލަންވާނެއެވެ. ބަލިވެއިނުމުން ހަށިގަނޑަށް އިތުރު ހަކަތަ ބޭނުންވާނެއެވެ.

ކެއުމުގައި ބޭނުން ނުކުރަންވީ ކާނާ

ކެފެއިން އެކުލެވޭ ކާނާ

ެފެއިންގެ ސަބަބުން ކާބޯތަކެތީގައިވާ ދަގަނޑުގެބައި ހަށިގަނޑަށް ލިބިދޭ މިންވަރު މަދުކޮށްދީ ލޭގެ ޕްރެޝަރމަތިކޮށް ހިތުން ލޭ ޕަމްޕްކުރާ ރޭޓް އަވަސް ކޮށްދެއެވެ. މަންމަގެ ބަނޑުގައި ބޮޑުވަމުންދާ ދަރިފުޅަށް ކެފެއިންއަކީ ފަސޭހައިން ހަޖަމް ކުރެވޭ އެއްޗެއްނޫނެވެ. އެހެންކަމުން ދުވާލަކު ކުޑަ ދެޖޯޑަށްވުރެ ގިނައިން ކޮފީ ނުބޯށެވެ. އަދި ސަޔާއި، ކޮކާކޯލާ އަދި ޗޮކްލެޓް ފަދަ ތަކެތި ކާމިންވަރު މަދުކުރާށެވެ.

ގިނައިން ހަކުރު އެކުލެވޭ ބުއިންތައް

ތަފާތު ތައްޔާރީ ޖޫހާއި އަދި މިނޫންވެސް ގިނައިން ހަކުރު އަޅާފައިވާ މިފަދަ ބުއިންތައް ބޭނުން ކުރާނަމަ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ވަރަށް އަވަހަށް މައްޗަށްދެއެވެ. އަދި މިކަމުގެ ސަބަބުން ހަކުރު ބައްޔަށް މަގުފަހިވުން އެކަށީ ގެންވެއެވެ.

ނަތީ ޖާއެއްގެ ގޮތުން ބަނޑުގައިވާ ދަރިފުޅުގެ ސައިޒް މާބޮޑުވެ، ދަރިފުޅަށް ނޭވާލުމަށް ދަތިވާގޮތް ދިމާވެއެވެ. އަދިދުވަސް ނުފުރާ ވިހެއުމާއި ސިޒޭރިއަން ހަދަން ޖެހޭގޮތް ދިމާވެއެވެ.

ފޮނި ކާތަކެއްޗާއި ކާބޯހައިޑްރޭޓްސް ގިނައިން އެކުލެވިފައިވާ ކާނާ ގިނައިން ބޭނުން ކުރުން

މި ބާވަތުގެ ކާނާގައި ހަށިގަނޑަށް ބޭނުންވާ ފައިދާ ހުރި މާއްދާތައް އެކުލެވޭ މިންވަރު ވަރަށް މަދެވެ. ގިނައިން އެކުލެވިފައި ހުންނާނީ ކެލޮރީ ނުވަތަ ހަކަތަ އެވެ. ހުންނަންވާ މިންވަރަށްވުރެ ބަރުދަން އިތުރުވެފައިވާނަމަ ނުވަތަ ލޭގައި ހަކުރުގެ މާއްދާ މަތިވެފައިވާނަމަ ނޫނީ ޢާއިލާގައި އެއްވެސް މީހަކަށް ހަކުރު ބަލި ޖެހިފައިވާނަމަ، ހަކުރު ގިނައިން އެކުލެވޭ ތައްޔާރީ ޖޫސް ، ކޭކް، ކްރީމްޖެހި ބަނަސް ފަދަ ބާވަތްތަކުގެ ކާނާކެއުން ވީހާވެސް މަދު ކުރާށެވެ.

ތެލުލާފައިވާ ކާނާ

ެތެލުލާފައިވާ ހެދިކާ ފަދަ ތަކެތި ކެއުމުގައި ބޭނުންކުރާ މިންވަރު މަދު ކުރާށެވެ. އަދި އެއްފަހަރު ތެލުލުމަށް ބޭނުން ކޮށްފައިވާ ތެޔޮ ތަކުރާރުކޮށް ގިނަ ގިނައިން ބޭނުން ނުކުރާށެވެ.

ލޮނު ގިނައިން ހިމެނޭ ކާނާ

ސެޖް، ސަލާމީ، ކޯންބީފް، ލޮނު ލިނބޯ، އަސާރަ، މަސް މިރުސް ، ރިހާކުރު ފަދަ ގިނަ އަދަދަކަށް ލޮނު އެކުލެވިގެންވާ ކާނާ މަދުކުރާށެވެ. އަދި ސޯޑިއަމް ގިނަ ޢަދަދަކަށް ހިމެނި ފައިވާ މޮނޯސޯޑިއަމް ގްލޫޓަމޭޓް (އެމް.އެސް .ޖީ) ނުވަތަ އަޖިނަމޮޓޯ ހިމެނޭތަކެތިވެސް ބޭނުންކުރާ މިންވަރު މަދު ކުރާށެވެ. ސޯޑިއަމް ގިނަވުމުން މާބަނޑު ދުވަސްވަރު ލޭމައްޗަށްގޮސް ހަށިގަނޑުގައި ފެންހަރުލުން އެކަށީ ގެންވެއެވެ. އެމް.އެސް.ޖީ ހިމެނޭ ކާނާގެ ތެރޭގައި އަޖިނަމޮޓޯ، މަސް މިރުސް ، ސޯޔާ ސޯސް އަދި ނޫޑްލްސް ޕެކެޓްތަކުގެ ތެރޭގައި ހުންނަ ސޫ ޕް ޕެކެޓް ހިމެނެއެވެ.