ހދ. ކުޅުދުއްފުށި ސިޓީ ދެބުދާރުގޭ، އާދަމް އިސްމާއިލް ނިޔާވެއްޖެ އެވެ.

އާދަމް އިސްމާއިލް ނިޔާވީ މިއަދު ފަތިހުގެ ވަގުތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހިސްޕިޓަލުގަ އެވެ. އާދަމް އިސްމާއިލް ނިޔާވިއިރު އުުމުރަކީ 88 އަހަރެވެ.

Ad
rt

އާދަމް އިސްމާއިލަކީ ކުޅުދުއްފުއްޓަށް ކުޅިވަރު ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އާދަމް އިސްމާއިލްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި މަސްޖިދު ޙަޟާރަތު ހދ. ކުޅުދުއްފުށީގަ އެވެ. ޖަނާޒާގައި ބައިވެރިވުމަކީ އެއްމުސްލިމަކު އަނެއްމުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްގެކެވެ.

އަޅުގަނޑުމެންނާއި ވަކިވެގެން އެދިޔައީ ޤައުމަށާއި ދިވެހި ރައްޔިތުންނަށް ހާއްސަކޮން ކުޅުދޫފުއްޓަށް ޚިދުމަތްތެރިއެކެވެ.

އާދަމް އިސްމާއިލްގެ ފާފަ ފުއްސަވައި, ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި! އަދި ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمين