އިހަވަންދޫ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، މުންނާރުގައި އުވަލައިފި
ހއ. އިހަވަންދޫގައި ހުންނަ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، އެ މިސްކިތުގެ މުންނާރުގައި އުވަލުމުގެ މަސައްކަތް ނިމިއްޖެއެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މަސައްކަތް ކޮށްފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދެއްވި ފަންނީ ލަފަޔާ އެއްގޮތަށް އެ މަރުކަޒުގެ މުއައްޒަފުން ނެވެ. މިމަސައްކަތުގައި އެއްބާރުލުން ދެއްވި މެރިޓައިމް އޭސިއާ ހެރިޓޭޖް ސާރވޭ ޓީމަށާއި، އިހަވަންދޫ ކައުންސިލާއި އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް، ބޮޑުތ...