ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ސުނާމީ އާއި މެދު ހޭލުންތެރިކަން އިތުރުކުރާ ދުވަހެވެ.
2021 ވަނަ އަހަރުގެ ސުނާމީ އަށް ހޭލުންތެރި ކުރުވާ ދުވަހުގެ އެންމެ ބޮޑު ޝިޢާރެއްގެ ގޮތުގައި ޔޫއެންއިން ކަނޑައަޅާފައިވަނީ ޤައުމީ، އިޖްތިމާޢީ އަދި ޢާންމު ފަރުދުންގެ މެދުގައި މިފަދަ ބޮޑެތި ކާރިސާ ތަކުން ސަލާމަތްވެވޭނޭ ގޮތްތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުވުމެވެ.
ޔޫއެންއިން ލަފާ ކުރާ ގޮތުގައި، 2030 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދާނީ މޫދާއި ކައިރި ހިސާބުތަކުގައެވެ. އަދި މީގެ ސަބަބުން، ފެންބޮޑުވުމާއި، ބޮޑެތި ޠޫފާންތަކުގެ އިތުރުން ކުރިމަތިވެދާނެ ސުނާމީ ތަކުން ހޭލުންތެރި ނުވެއްޖެނަމަ، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ދުވަހެއް ދުނިޔެއަށް ކުރިމަތިވާ އިރު މި ކަންކަމަށް ޕޮލިސީ ތަކެއް ކަނޑައެޅި، ހޭލުންތެރިކުރެވިއްޖެ ކަމުގައިވާ ނަމަ، މި ފަދަ ޤުދުރަތީ ކާރިސާތަކުން މީހުންގެ ފުރާނައަށް ގެއްލުންވުން މަދުވެގެންދާނެއެވެ.
2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އޮތް ޔޫއެންގެ ޖެނެރަލް އެސެންބްލީއިން 5 ނޮވެމްބަރަކީ ދުނިޔޭގެ ސުނާމީއަށް ހޭލުންތެރިކަން އިތުރުކުރާ ދުވަސް ކަމުގައިވަނީ ކަނޑައަޅާފައެވެ. މި ބައްދަލުވުމުގައި، ޔޫއެންގެ މި އެސެންބްލީއިން ވަނީ ދުނިޔޭގެ ގިނަ ޤައުމުތަކަށް ސުނާމީއާއި މެދު ހޭލުންތެރިކުރުމަށް ގޮވާލާފައެވެ.
Do you think a community tsunami/disaster evacuation plan is necessary?
53.6% school children in Maldives thinks it is necessary!
What about you? pic.twitter.com/aCYRbhoCPe
— NDMA Maldives (@NDMAmv) November 5, 2021
ސުނާމީއަކީ ދުނިޔެއަށް މަދުން ނަމަވެސް ކުރިމަތިވާ ޤުދުރަތީ ކަމެކެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި ސުނާމީއިން ލިބިފައިވާ ގެއްލުންތައް ބޮޑުވެފައި، މަރުވެފައިވާ މީހުންގެ ޢަދަދުވެސް ގިނައެވެ. ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ދުނިޔެއަށް 58 ސުނާމީ ކުރިމަތިވެފައިވާއިރު، 260،000 އަށްވުރެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ. މިއިން ކޮންމެ ސުނާމީއެއްގައި އެވްރެޖް ގޮތެއްގައި 4000 އަށްވުރެ ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފަ އެވެ. އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ، ދިވެހިރާއްޖެއަށްވެސް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގައެވެ. މި ސުނާމީގައި އެކަނިވެސް 225،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ސުނާމީއަކީ ކޮބާ؟
ސުނާމީއަކީ އޭގެ ޒާތުގައި ބިންހެލުމެއްގެ ސަބަބުން، ނުވަތަ އެހެނިހެން ޤުދުރަތީ ކަމެއްގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވެ ނަގާ ބިޔަ ބޮޑު ރާޅުތަކެވެ. މި ރާޅުތައް ނެގުމުގެ އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ ކަނޑުގެ އެތައް ސަތޭކަ މޭލު ގެ އަޑިޔަށް އަންނަ ޤުދުރަތީ ބަދަލުތަކެއްގެ ސަބަބުންނެވެ.
Why do tsunamis go unnoticed at deep sea and offshore?
A tsunami is not a sub-surface event in the deep ocean; it simply has a much smaller amplitude offshore, & a very long wavelength which is why they generally pass unnoticed at sea, forming only a passing "hump" in the ocean pic.twitter.com/0k4sDzfBWS— NDMA Maldives (@NDMAmv) November 5, 2021
ސުނާމީ ރާޅުތައް ބިޔަ ބޮޑު ވުމުގެ އިތުރުން، ސުނާމީއެއް އަރާއިރު، ރާޅުތައް ކޮންމެ 5 މިނެޓަކުން 1 ގަޑިއިރު ވަންދެން ހުއްޓާނުލާވެސް އަރާފާނެއެވެ. އަދި މި ކަމުގެ ސަބަބުން ސުނާމީގެ ނުރައްކާ އިތުރުވެގެންދެއެވެ. ފުރަތަމަ ރާޅު ބޮޑު ނުވި ކަމުގައި ވީ ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެއާއި ޖެހިގެން އަންނަ ރާޅުތައް އަންނާނީ ބޮޑެތި ވަމުންނެވެ.
ސުނާމީއެއް އުފެދެން ދިމާވާ ކަންކަމުގެ ގޮތުގައި ކަނޑައެޅިފައި އޮންނަނީ ބިންހެލުން، ބިންގަނޑު ފުރޮޅާލުން، އަލިފާން ފަރުބަދައެއް ގޮވައިގެން އަދި ޖަށްވުން ދުނިޔެއަށް ވެއްޓޭ ގިނި ހިލައެއްގެ ސަބަބުންވެސް ސުނާމީއެއް އުފެދިފައި އެބަހުއްޓެވެ.
ސުނާމީގެ އިންޒާރު ލިބުމުން ކަންތައް ކުރާނީ ކިހިނެތް؟
ފުރަތަމަ ކަމަކަށް މާތްﷲ ގެ ހަޒްރަތުގައި ރައްކާތެރިކަމަށް އެދި ދުޢާ ކުރާށެވެ. ސުނާމީގެ ބޮޑު ބިޔަ ރާޅުގެ ނުރައްކާތެރިކަން ކުޑަކުރެއްވުން އެދި ދުޢާ ކުރާށެވެ. ރައްކާތެރިކަމާއި އަމާންކަން ދެއްވާ މުސީބާތް ކުޑަކުރެއްވުމަށް އެދޭށެވެ.
ސުނާމީގެ އިންޒާރު ނެރެފައިވަނީ ކަމާބެހޭ އިދާރާއަކުންތޯ ކަށަވަރު ކުރާށެވެ. ކަމާބެހޭ އިދާރާތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރާށެވެ. ބިރުގަނެ ހާސްނުވާށެވެ.
ސުނާމީގެ ފުރަތަމަ އަލާމާތަކީ ދިޔަވަރު ހިކުމެވެ. މިވަގުތު އެސަރަހައްދު ބެލުމަށް ގޮނޑުދޮށަށް ފޭބުމަކީ ރައްކާތެރިކަމެއް ނޫނެވެ. ވީހާވެސް އަވަހަށް އެއްގަމަށް އަރާށެވެ. އެސަރަހައްދުގައި ތިބި މީހުންގެ ސަމާލުކަމަށް މިކަން ގެނެސް ގޮނޑުދޮށުގައި ތިބި މީހުން އެއްގަމަށް އަރުވާށެވެ.
އިންޒާރު ލިބިފައިވަނީ ގޭގައި ހުރި ވަގުތެއްނަމަ އެވަގުތު ގޭގައި ތިބި އެންމެނަށް އެހަބަރު ދޭށެވެ. ކޮޓަރީގައި ނިދާފައި މީހަކު އޮވެއްޖެ ނަމަ ހޭލައްވާ އެހަބަރު ދޭށެވެ. އާއިލާގެ މީހުން ތިބި ތަނެއް ދެނެގަތުމަށް މަސައްކަތް ފަށާށެވެ.
އިންޒާރު ލިބުމާއި އެކު ކޮންމެ ވަގުތަކީވެސް ވަރަން މުހިންމު ވަގުތެކެވެ. އާއިލާ އެއްތަންކޮން އިސްނަގާނެ ލީޑަރެއް ކަނޑައަޅާ އެންމެން ތައްޔާރު ވާށެވެ. ރައްކާތެރި އުސް ތަނަކަށް ދިއުމަށް އެންމެން މަޝްވަރާ ކުރާށެވެ. ބޭހާއި އައިޑީކާޑު، ފައިސާ، އަދި މުހިންމު ލިޔެކިއުންތައް އަތުޖައްސާ ށެވެ. ފޯނާއި ބެކަޕް ބެޓެރިފަދަ، ރޭޑިއޯ އަދި ލައިޓް ފަދަތަކެތި ފަސޭހައިން އަތުޖެހެން އޮތްނަމަ އަތްދަބަހަށް ލާށެވެ. އެއަށް ފަހު އެރަށެއްގައި ހުރި އެންމެ އުސްތަނަކަށް އަރާށެވެ.
▪ Leave the ‘Safe Zone’ only when advised by the Authorities.
▪ Discuss tsunami preparedness with family and friends, this will help reduce fear and save precious time during an emergency. #TsunamiDay #WTAD2021— NDMA Maldives (@NDMAmv) November 5, 2021
އުސްތަނަކަށް ނޭރިހުއްޓައި ރާޅުގަނޑު ފަހަތުން އަތުވެއްޖެ ކައިރީ ހުރި ރުކަކަށް ނަމަވެސް އަރާށެވެ. ރާޅާއި އެކު އޮޔާ ދަމައިގަނެފި ނަމަ ހަރު ބޮޑު އެއްޗެއްގެ މައްޗަށް އެރޭތޯ ބަލާށެވެ. ރާޅުއަރައިގެން އަންނާނީ ވަރަށް ބާރަށެވެ. ގޮނޑުދޮށުން ޖެހުނު އެއްޗެއް ދަމައިގަންނާނެއެވެ. ރާޅާއި އެކު ދަމައިގަނެފި ނަމަ ޓިނު ދަގަނޑު ފަދަ އެއްޗެހިން ސަލާމަތް ވާންޖެހޭނެއެވެ. ސުނާމީގެ ރާޅު ތަކާއި ދެކޮޅަށް ފެތުމަކީ ރައްކާތެރިގޮތެއް ނޫނެވެ. އޮއި ހުންނަ ކޮޅަކަށް ފަތާއި އަބަދުވެސް ހިފަހައްޓާލެވޭނެ އެއްޗެއް އަތުޖެހޭތޯ މަސައްކަތް ކުރާށެވެ.
What will you do if you get a tsunami warning while outside your home?
This what our children at schools think?What about you? What would you do ? #TsunamiDay #WTAD2021 pic.twitter.com/uHtjXgEtpJ
— NDMA Maldives (@NDMAmv) November 5, 2021
ސުނާމީއަރާއިރު ފުރަތަމަ ރާޅަށްވުރެއް ދެވަނަ ރާޅު ވަރުގަދަވެދާނެކަމަށް އަބަދުވެސް ވިސްނަން ވާނެއެވެ. ފުރަތަމަ ރާޅު ފަހަނަ އަޅާ ދިއަޔަސް ދެވަނަ ރާޅެއް އަރާފާނެކަމަށް ވިސްނަން ވާނެއެވެ.
If you're too close to powerful tsunami waves and the shore, you're at risk of being dragged inshore onto hard land with the risk of crashing into underwater structures, being knocked unconscious or sustaining fatal blows. #TsunamiDay #WTAD2021
— NDMA Maldives (@NDMAmv) November 5, 2021
ޖަޕާނުން އިސްނަގައިގެން ދުނިޔެ ސުނާމީއަށް ހޭލުންތެރި ކުރުވުމުގެ ގޮތުން، ޖަޕާނުގެ ހިޔޯގޯ ރީޖަންގައިވަނީ "ހިޔޯގޯ ފްރޭމްވޯރކް އެކްޝަން" ގެ ނަމުގައި ދުނިޔޭގެ ޤައުމުތަކުން ބައިވެރިވެ ސުނާމީ އާއި ދެކޮޅަށް ކުރެވިދާނެ އެކި އެކި ކަން ކުރުމަށް ފަށާފައެވެ.
މި ގޮތުން، މި ޤައުމުތަކުން އެއްވެގެން ވަނީ އިންޑިޔާ ކަނޑުގައި ސުނާމީ ވޯރނިންގް މިޓިގޭޝަން ސިސްޓަމެއް ހަރުކޮށްފައެވެ. މިއީ ކަނޑުގެ ލޮނުގަނޑު އަދި ބިންގަނޑު ތެޅުމުން ނުރައްކަލެއް އަންނަ ކަން ދައްކުވައިދޭ ސިސްޓަމެކެވެ.
ސުނާމީ، މި ލަފުޒަށް ބަލާލާއިރު މިއީ ޖަޕާނު ބަހުގެ ލަފުޒެކެވެ. "ސު" ގެ މާނައަކީ ހާބަރެވެ. އަދި "ނާމީ" ގެ މާނައަކީ ރާޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!