އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެންމެ ފަހުން ބޭއްވި މުޒާހަރާގެ މަގުސަދަކީ، އިދިކޮޅު ލީޑަރު ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ނޫން ކެންޑިޑޭޓެއް އަންނަ ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ނެރުން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ، ފުރަތަމަ ވިސްނަންވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
ފޮރިން ސާވިސްގެ ބިލަކީ ބައިނަލް އަގްވާމީ މުޖުތަމައުގައި ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ގޮތައް ފަރުމާ ކޮށްފައިވާ ބިލެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންނަށް މިފެނިގެން ދަނީ ރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު ފިތުނަ އުފެދޭ ގޮތައް ފަހުން އެ ބޭއްވި މުޒާހަރާގެ މައިގަނޑު މަގުސަދަކީ ޕީޕީއެމުން ޔާމީން ފިޔަވާ އިތުރު ކެނޑި ޑޭޓެއް ނެރުން، މިއީ މަގްސަދަކީ" ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ، އުތުރު ފަޅުގައި ޑޮކް ޔާޑެއް ހަދަން ނިންމާފައި ވަނީ ކޯސްޓް ގާޑުތައް މަރާމާތު ނުކުރެވި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓި ދާތީ، ކުރީ ސަރުކާރުގެ ވެސް ބައިވެރިވުމާއެކު އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ. އަދި ކޯސްޓްގާޑްގެ މަރާމާތަކީ ވަރަށް ބޮޑު ހޭދައެއް ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލް އަގްވާމީ ލަޝްކަރުތަކާއި ގުޅިގެން ސޯމާލިޔާގެ ކަނޑު ފޭރޭ މީހުންނާއި، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ޖަމާއަތްތަކާއި، އެނޫންވެސް އެފަދަ ފަރާތްތަކުން ބައިނަލްއަގްވާމީ ކަނޑުގައި ހިނގާ ކަންކަމާ ދެކޮޅަށް އިންޑިއާއާއި ދިވެހި ރާއްޖެއިން ބައިނަލްއަގްވާމީ މެރިޓައިމް ފޯސްއަށް އެހީތެރިވުމަށް ރާއްޖެ ސިޔާސަތު ބައްޓަން ކުރަމުން އެދާއިރު، އެކަންކަމާ ދެކޮޅަށް އިދިކޮޅުން މަސައްކަތް ކުރަނީ ކީއްވެގެން ރައްޔިތުންނަށް އިނގޭކަމަށް ބޮންޑެ ވިދާޅުވިއެވެ.
"ޚާއްސަކޮށް މަސްތުވާ ތަކެތީގެ މައްސަލައާއި ގުޅިގެން ފަހުން ބޮޑު ދެ ޝިޕްމަންޓެއް އަތުލައިގަތުމުން އެކަމާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރިއިރުގައި، އެކަމާގުޅޭ މުޒާހަރާތައް ކުރަމުން ދިޔައިރު އަޅުގަނޑަށް ފެނުނީ އެކަމުގެ ނާޖާއިޒް ފައިދާ ނަގާ ޔާމީން ފިޔަވައި އިތުރު ކެންޑިޑޭޓެއް ޕީޕީއެމް ނެރެން މަސައްކަތް ކުރިތައް" ބޮންޑެ ވިދާޅުވިއެވެ.
އިދިކޮޅުން މަސައްކަތް ކުރަނީ ވަތަނީ ވާހަކަ ދައްކައިގެން ގައުމަށް، ރައްޔިތުންނަށް ފައިދާ އޮތީ އިންޑިއާ ސިފައިން ބޭލުމުން ކަމަށް ބުނެ ފިތުނަ އުފައްދަން ކަމަށާއި، އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!