Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,048 Stories
2,657 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ދިއްދޫގައި މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން: މުއާޒު
Business

ދިއްދޫގައި މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން: މުއާޒު

ހއ. ދިއްދޫގައި ފެނަކައިން ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމީ އެ ރަށު އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކޮށްފައެވެ. މިކަމާ […]

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، މިފަހަރު 300،000 ރުފިޔާގެ އަގުހުރި އިނާމްތައް!
Business

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، މިފަހަރު 300،000 ރުފިޔާގެ އަގުހުރި އިނާމްތައް!

ރޯދަ މަހަށް ހާއްސަކޮއް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ “ރަމަޒާން ބާޒާރު” ޕްރޮމޯޝަންގެ މިއަހަރުގެ ޕަރޮމޯޝަން މިރޭ ފަށައިފިއެވެ. މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދި އިބްރާހިމެވެ. އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް އ...

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ފަށައިފި
Business

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ފަށައިފި

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނީ، އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 14.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ހޫނު ގަދަ ދުވަސްވަރު މެދުނުކެނޑި ކަރަންޓް ދޭން ދެ ޖަނަރޭޓަރު ސެޓް ގެނެސްފި
Business

އެންމެ ހޫނު ގަދަ ދުވަސްވަރު މެދުނުކެނޑި ކަރަންޓް ދޭން ދެ ޖަނަރޭޓަރު ސެޓް ގެނެސްފި

މި އަހަރުގެ އެންމެ ހޫނު ދުވަސްވަރު، މެދުނުކެނޑި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ. ސްޓެލްކޯއިން ބުނީ މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމަށްޓަކައި، ގެންނަން ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓް އިއްޔެ ރާއްޖެ ގެނެވިފައިވާ ކަމަށެވެ. މިހާރު އެ ޖަނަރޭޓަރު ސެޓްތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އިތުރު ދެ ޖަަނަރޭޓަރު ސެޓު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް ސްޓެލްކޯއ...

ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަަމަކުރުމަށް އުރީދޫ އާއި މާސްޓަކާޑު ގުޅިގެން ޕާޓްނާޝިޕެއް
Business

ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަަމަކުރުމަށް އުރީދޫ އާއި މާސްޓަކާޑު ގުޅިގެން ޕާޓްނާޝިޕެއް

ދުނިޔޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރަމުންދާ މާސްޓަކާޑާއި އެކު އުރީދޫ މޯލްޑިވްސް ގުޅި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އިތުރު ފަސޭހަތައް ފޯރުކޮށްދިނުމަށް، ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އުރީދޫ މޯލްޑިވްސް ގެ ހެޑްކުއާޓާސް ގައި މާސްޓަކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު ވިކާސް ވަރްމާ އަދި ކުންފުނީގެ ކަންޓްރީ މެނޭޖަރު، ސްރީ ލަންކާ އަދި މޯލްޑިވްސް، ސަންދުން ހަޕުގޯޑ...

ތިލަފުށީ ބިން ހިއްކުމުގެ ދެވަަނަ ފިޔަވަހީގެ އޭރިއާ އީގެ މަސައްކަތް ފަށައިފި
Business

ތިލަފުށީ ބިން ހިއްކުމުގެ ދެވަަނަ ފިޔަވަހީގެ އޭރިއާ އީގެ މަސައްކަތް ފަށައިފި

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ. އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިމަށް ވަނީ ހަމަޖެހިފައެވެ. ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އާބަންކޯ އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ […]

އުރީދޫ އާ އަހަރުގެ އެޑްއޮންތަކުގެ ފައިދާ މިމަހުގެ ނިޔަލަށް ހިފޭނެ
Business

އުރީދޫ އާ އަހަރުގެ އެޑްއޮންތަކުގެ ފައިދާ މިމަހުގެ ނިޔަލަށް ހިފޭނެ

އުރީދޫން އާ އަހަރަށް ތައާރަފު ކުރި 5ޖީ އެޑްއޮންތައް މި މަހުގެ ނިޔަލަށް އެކްޓިވޭޓު ކުރެވޭނެ ކަމަށް އުރީދުން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި އެޑްއޮންތަކަކީ މިހާތަނަށް ތައާރަފްކުރި އެންމެ ބޮޑު އެޑްއޮންތަކެވެ. މި އެޑްއޮންތައް ނަގާ ކަސްޓަމަރުންނަށް ގޭމު ކުޅެ، ސްޓްރީމްކޮށް، ސޯޝަލްމީޑިއާ ބޭނުންކުރުން ފަދަ ހުރިހާ ހިދުމަތްތައް ހޯދުމަށް ބޭނުންކުރެވޭނެ ކަމަށް ވެސް ބުންޏެވެ. މި އެޑްއޮންތަކަކީ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގޭނެ އެޑްއޮންތަކެކެވެ. އުރީދޫގެ 5ގީ އެޑްއޮންތަ...

އެމްޓީސީސީ ކަށަވަރު ޕްރޮމޯގެ ނަސީބުވެރިއަކަށް އަހުމަދު އާލިމް
Business

އެމްޓީސީސީ ކަށަވަރު ޕްރޮމޯގެ ނަސީބުވެރިއަކަށް އަހުމަދު އާލިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދިޔަ “ކަށަވަރު ޕްރޮމޯ” ގެ ނަސީބުވެރިއަކަށް އަހުމަދު އާލިމް (A214394) ހޮވިއްޖެއެވެ. މިދިޔަ ނޮވްމެބަރު 1 އިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށަގެންދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވާފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. ނަސީބުވެރިޔާގެ ގުރުއަތު ނެންގެވީ އެމްޓީސީސީގެ ސީއީއީ އަބްދު ٱللَّٰه ޒިޔާދެވެ. މި ޕްރޮމޯޝަން އަމާޒުކުރީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނޭރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާން...

8 ރަށް ގުޅާލާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ހުޅުމާލެއަށް
Business

8 ރަށް ގުޅާލާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ހުޅުމާލެއަށް

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދެމުން އަންނަ ދިރާގާއި އުރީދޫ އިން އިންވެސްޓްކޮށްގެން އަޅާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ހުޅުމާލެއަށް ގެނެސްފިއެވެ. އެ މަސައްކަތް ކުރަމުން އަންނަ އެޗްއެމްއެން ޓެކް އިން ބުނީ މި ކޭބަލުގެ ޒަރީއާއިން ހުޅުމާލެ އާއި މާފުއްޓާއި މާމިގިއްޔާއި ކުޑަހުވަދޫ އާއި ދުވާފަރާއި ވެލިދޫ ހިމެނޭހެން އަށް ރަށް ގުޅާލާނެ ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ ކޭބަލް […]

އައިއޭއެސްގެ ކުރީގެ އެމްޑީ މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް
Business

އައިއޭއެސްގެ ކުރީގެ އެމްޑީ މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް

ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަންކޮށްފިއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމުން އައިލެންޑް އޭވިއޭޝަނުން ވަނީ މަރުހަބާ ކިޔަވައިފައެވެ. މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ. މިހާދު ހުންނެވީ 2021 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ސަރުކާރު ބަދަލުވުމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހ...

ކޭލަކުނު ތަރައްގީ ކުރުން ހުއްޓާލައި ހިމާޔަތް ކުރުމަށް ގޮވާލައިފި
Thiladhunmathi News

ކޭލަކުނު ތަރައްގީ ކުރުން ހުއްޓާލައި ހިމާޔަތް ކުރުމަށް ގޮވާލައިފި

ހދ. ކޭލަކުނު ތަރައްގީ ކުރުން ހުއްޓާލައި, އެ ރަށަކީ ހިމާޔަތް ކުރެވިފައިވާ ތަނަކަށް ހެދުމަށް ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ގޮވާލައިފިއެވެ. މިގޮތަށް ގޮވާލާފައިވަނީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ މޯލްޑިވްސް އާއި ބިލީފް މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕޭން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެގޮތުން ކޭލަކުނުގައި ފްލޯޓިން ރިސޯޓެއް ތަރައްގީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވާ ވިޒިޓާ އިކޮނޮމީ […]

ޖަޕާނު ސަރުކާރު އެހީގައި އެން ވަތާ ގުޅުންހުރި ދިރާސާއެއް ކުރަނީ
Business

ޖަޕާނު ސަރުކާރު އެހީގައި އެން ވަތާ ގުޅުންހުރި ދިރާސާއެއް ކުރަނީ

ޖަޕާނު ސަރުކާރުގެ އެހީގައި އެން ވަތާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ. މިއީ ފިޝަރީޒް މިނިސްޓްރީން އިސްނައިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. އެ މިނިސްޓްރީން ބުނީ، މި ދިރާސާ ފެށުމުގެ ގޮތުން ގދ. މަޑަވެލި ކަމަނަ ދޯނީގެ އެން ވަތް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ދޯނީގެ އެން ވަތަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންވަތުގެ ލޮނުގަނޑު ދައުރުކުރުމާއި، މަރުވެފައި ހުންނަ އެން، ވަތަށް ނުފައިބާ ވަތުން ނެގޭގޮތަށް އެންވަތަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީން […]

މާއުނގޫދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ
Business

މާއުނގޫދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 53 އިންސައްތަ ވަނީ މިހާރު ނިމިފައެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ބޮޑުހިލައިގެ ހުރިހާ ޝިޕްމަންޓްތަކެއް ސައިޓަށް ގެންދެވި، އަންލޯޑު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، […]

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި
Business

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ “ޕްރިމިއަމް ފޯ ގުޑް” ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑު ލިބޭ ފަރާތްތައް އިއުލާންކޮށްފިއެވެ. މިއަދު އިއުލާން ކުރި މި ފަރާތްތަކަކީ މިދިޔަ އަހަރު ފަންޑަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހޮވުނު ފަރާތްތަކެވެ. “އެލައިޑް ކޮމިއުނިޓީ ފަންޑް” އަކީ 7 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން...

ކެނދިކުޅުދޫ ބަނދަރު މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް
Business

ކެނދިކުޅުދޫ ބަނދަރު މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 28,393 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަ ބޭސިން ފުންކުރުމާއި، 30,480 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,9...