ހއ. ދިއްދޫގައި ފެނަކައިން ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމީ އެ ރަށު އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކޮށްފައެވެ.
މިކަމާ ގުޅިގެން، މުއާޒު އެކްސްފައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޖީނުގޭގެ މަސައްކަތަށް 70 މީހުން ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ނަގާފައި ތިބިއިރު، އެ މީހުންނަށް 23.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. މިއީ އެތަނުގެ މާކެޓް އަގާ އެއްވަރުގެ އަދަދެކެވެ.
ފެނަކަ ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން ދިއްދޫގައި ކުރި އިހުތިޖާޖުގެ ތެރެއިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ކުންފުނި ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބާ ދިމާކޮށް، އެ ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ނެގި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!