ރޯދަ މަހަށް ހާއްސަކޮއް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަންގެ މިއަހަރުގެ ޕަރޮމޯޝަން މިރޭ ފަށައިފިއެވެ.
މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދި އިބްރާހިމެވެ.
އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށްއެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެކެވެ.
މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކެއް އެއްކޮށް ތިން ބަޔަކަށް ބަހައިލައިގެން ވަރަށް އަގުހުރި އިނާމުތަކެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން 25 އިންސައްތައާ ހަމަށް ޑިސްކައުންޓް ލިބިގެން ދާއިރު ރޯދަމަހުގެ ކުރިން ތިންނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ރޯދައިގެ ކުރިން މި ޕްރޮމޯޝަނުގައި އެއްވަނައަށް ދާފަރާތަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބޭނެއެވެ. އަދި، ދެވަނައަށް ދާ ފަރާތަކަށް ހޯމްއެޕްލައެންސް ޕެކޭޖެއް ލިބޭއިރު ތިންވަނައަށްދާ ފަރާތަކަށް ތިންރޫމް އެޕަޓްމެންޓުގައި ނިޕޯން ޕެއިންޓުގެ ކުލަ އަދި ކުލަ ލާދިނުން ވަނީ ހުށަހަޅައިފައެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މީގެ އިތުރުން ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއްހޮވާ 2500ރުފިޔާގެ ގިފްޓް ވައުޗާއެއްވެސް ދޭނެއެވެ.
މުޅި ޕްރޮމޯޝަން ނިމު މުން ތިން ނަސީބުވެރި ފަރާތެއް ހޮވާނެއެވެ. އެގޮތުން އެއްވަނަ އިނާމަށް ތުރުކީގެ ދެކޮޅު ޓިކެޓު ދެމީހަކަށް ލިބިގެން ދާއިރު، ދެވަނަ ނަސީބުވެރި ފަރާތަކަށް ހޯމްއެޕްލައެންސް ޕެކޭޖެއް ލިބޭނެއެވެ. އަދި ތިންވަނަ ފަރާތަކަށް 65 އިންޗީގެ ފިލިޕްސް ޓީވީ އެއް ލިބޭނެއެވެ.
ގުރުއަތުން ދިމާވާ ފަރްތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބިގެން ދާނެކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝްނުގެ ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރާ ގޮތް ދައްކާލުން ކުރިއަށް ދާނެއެވެ . އަދި އެ ގަޑީގައި ކަސްޓަމަރުން އަމިއްލައަށް އެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރަސަތުލިބިގެން ދާއިރު އެ އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓު ވެސް ލިބޭނެއެވެ.
މީގެ އިތުރުން ކޮންމެ ހަފުތާއަކު ހުކުރު އަދި ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްސްތަކުންވެސް ޑިސްކައުންޓު ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕްރިމޯޝަނުގައި ކަނޑައަޅާފައިވާ އުފެއްދުންތައް އެސްޓީއޯ އީ ސްޓޯރުން ވެސް ލިބޭނެއެވެ. އެގޮތުން، ފުރިޖު އަދި ދޮންނަ މެޝިންފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިއަށްދާނީ 11 އެޕްރީލް 2024އާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!