އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑު ލިބޭ ފަރާތްތައް އިއުލާންކޮށްފިއެވެ.

މިއަދު އިއުލާން ކުރި މި ފަރާތްތަކަކީ މިދިޔަ އަހަރު ފަންޑަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހޮވުނު ފަރާތްތަކެވެ.

Ad
rt

"އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ 7 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ، މިފަންޑުގެ ދަށުން ފޯރުކޮށްދެއެވެ.

މިއަހަރުގެ ކޮމިއުނިޓީ ފަންޑް ލިބޭ ޖަމިއްޔާތަކަކީ:

1. ނައިފަރު ޖުވެނައިލް
2. މިލަންދޫ ސްޕޯޓްސް ކްލަބް
3. ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ
4. ބްލޫ ގިލްޑް ފައުންޑޭޝަން

"އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ، އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ފަރާތްތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.

މިއަހަރުގެ އެޑިއުކޭޝަން ފަންޑް ލިބޭ ސްކޫލްތަކަކީ:

1. ފޯކައިދޫ ސްކޫލް
2. މާމެންދޫ ސްކޫލް
3. ހިރިލަންދޫ ސްކޫލް
4. ބ.އަތޮޅު އެޑިއުކޭޝަން ސެންޓަރު
5. މުހައްމަދު ޖަމާލުއްދީން ސްކޫލް
6. މަދަރަސަތުލް އިފްތިތާހު