އުރީދޫން އާ އަހަރަށް ތައާރަފު ކުރި 5ޖީ އެޑްއޮންތައް މި މަހުގެ ނިޔަލަށް އެކްޓިވޭޓު ކުރެވޭނެ ކަމަށް އުރީދުން ބުނެފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި އެޑްއޮންތަކަކީ މިހާތަނަށް ތައާރަފްކުރި އެންމެ ބޮޑު އެޑްއޮންތަކެވެ. މި އެޑްއޮންތައް ނަގާ ކަސްޓަމަރުންނަށް ގޭމު ކުޅެ، ސްޓްރީމްކޮށް، ސޯޝަލްމީޑިއާ ބޭނުންކުރުން ފަދަ ހުރިހާ ހިދުމަތްތައް ހޯދުމަށް ބޭނުންކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

Ad
rt

މި އެޑްއޮންތަކަކީ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގޭނެ އެޑްއޮންތަކެކެވެ.

އުރީދޫގެ 5ގީ އެޑްއޮންތަކުގެ ތެރޭގައި 660ރ. އަށް 30 ދުވަހަށް 54 ޖީބީ ލިބޭ އެޑްއޮންއަކާއި 750ރ. އަށް 30 ދުވަހަށް 120ޖީބީ ލިބޭ އެޑްއޮންއަކާއި 1100ރ. އަށް 30 ދުވަހަށް 160 ޖީބީ ޑޭޓާ ލިބޭ އެޑްއޮންއެއް ހިމެނެއެވެ.

މި އެޑްއޮންތައް މިހާރު އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓުކުރެވޭނެއެވެ.