މެލޭޝިއާ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުފަށަނީ
މެލޭޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ. މެލޭޝިއާ އެއާލައިންގެ ދަތުރުތައް ފަށަން ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިހާރު ވަނީ އެމްއެމްޕީއާރުސީއާައެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ބައްސާމެވެ. އަދި މެލޭޝިއާ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ޑެރެނިޝް އަރެސަންދިރަންއެވެ. މި...