އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަަރަ" މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ ފައިސާގެ ލިމިޓު 200،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މީގެ ކުރިން ފަވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ޓްރާންސްފާކުރެވެނީ 50،000 ރުފިޔާއެވެ. އަދި، ރިކުއެސްޓް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ.
ފަވަރައަށް ގެނައި ބަދަލާ އެކު މިހާރު ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވޭނެއެވެ. އަދި، 10،000 ރުފިޔާއާ ހަމައަށް ރިކުއެސްޓް ކުރެވޭނެއެވެ.
"ފަވަރަ"އަކީ ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ޙިދުމަތްތައް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޤާއިމުކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމެކެވެ. މި ސިސްޓަމްގެ ބައިވެރިން މެދުވެރިކޮށް ކޮންމެ ބޭންކެއް ނުވަތަ ޕޭމަންޓް ޙިދުމަތްދޭ ކޮންމެ ފަރާތެއްގައި އެކައުންޓަށް ނުވަތަ ޑިޖިޓަލް ވޮލެޓަށް، ފައިސާ ޖަމާކޮށްލެވޭނެއެވެ.
ފަވަރައިގައި ހިމެނޭ ބޭންކުތައް:
* ބޭންކް އޮފް މޯލްޑިވްސް
* މޯލްޑިވްސް އިސްލާމިކް ބޭންކް
* ސްޓޭޓް ބޭންކް އޮފް އިންޑިއާ
* މޮރިޝަސް ކޮމާޝަލް ބޭންކް
* ބޭންކް އޮފް ސިލޯން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!