މެސީގެ ބައްޕަ މަރުވެއްޖެ
އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ކުޅެމުން އަންނަ އާޖެންޓީނާ އަދި އެފްސީ ބާސެލޯނާގެ ލެޖެންޑް، މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ، އުމުރުން 68 އަހަރުގައި މަރުވެއްޖެ ކަމަށް އާޖެންޓީނާ އާއި ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިންފޯބޭ އާއި އެލް އެސްޕަނޯލް ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެސީގެ އާއިލާގެ އެންމެ އިސް މެންބަރު މަރުވީ އާޖެންޓީނާގެ ރޮސާރިއޯގައި ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރުގެ ވަގުތެއްގައެވެ. ޖޯޖް […]