އަނިޔާގެ މައްސަލަތަކާހުރެ މޮނާކޯއިން ޕޮގްބާ ދޫކޮށްލައިފި
ފްރާންސްގެ މަޝްހޫރު މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، އެގައުމުގެ މޮނާކޯއިން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފިއެވެ. އަނިޔާތަކާއި ޑޯޕިން މައްސަލައެއްގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު، އަލުން ކެރިއަރު ފެށުމުގެ ގޮތުން ޕޮގްބާ މޮނާކޯއާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުއެވެ. ނަމަވެސް، އަނިޔާގެ މައްސަލަތައް ކުރިމަތިވެ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާއަށް ނިމިދިޔަ ސީޒަ...