މި ރޯދަ މަހު އެސްޓީއޯގެ ސުޕަމާޓް، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި މަސް ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކުމް ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް އެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށް ކަމަށެވެ. އަދި ރޭގަނޑު 8:30 އިން 11:30 އަށް ކަމަށެވެ.

Ad
rt

އެހެން މަސް މަހު ހުކުރު ދުވަސްތަކުގައި ބަންދު ނަމަވެސް މި މަހު ކޮންމެ ހުލުރު ދުވަހެއްގެ މެންދުރު 2:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:30 އިން 11:30 އަށް ހުޅުވާަނެއެވެ.

މި ގަޑިތަކުގެ އިތުރުން ކޮންމެ ނަމާދު ވަގުތަކަށް އެ ފިހާރަ 15 މިނެޓަށް ބަންދު ކުރާނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ވަނީ ރޯދަ މަހާ ދިމާކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ފިހާރައިން އެސްޓީއޯއިން ވިއްކާ ސާމާނުގެ އިތުރުން ބައެއް އަމިއްލަ ވިޔަފާރިތަކުން ވިއްކާ ތަކެތި މިހާރު ލިބެން ހުންނާނެއެވެ.