ރ. މަޑުއްވަރީ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
އިއްްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުނަތް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މަރިޔަމް ޝައުނާއެވެ. އެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާއި އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފެނަކައާ ހަވާކުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން 55 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު މަޑުއްވަރީގައި ވަބީ ބަހައިޓާފައެވެ. އަދި މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެ ކަމަށް ލަފާ ކުރެެއެވެ.
މަޑުއްވަރީގައި ބެހެއްޓި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 400 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓާފައެވެ. އަދި 8.6 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް ވަނީ ގާއިމް ކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މަޑުއްވަރީ ފެނުގެ ނިޒާމް ހިންގުމަށް ހަމަޖެހިފައިވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންކަމަށެވެ. އެއާއެކު ފެން އުފެއްދުމުގެ ހަރަދު ކުޑަވެ، ތިމާވެއްޓާއި ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ހިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ސޯލާ ފެނަލް ގާއިކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!