އުރީދޫ މޯލްޑިވްސްގެ ފައިނޭންސް ޑިރެކްޓަރަކަށް ހުސައިން ޒަރީރު އައްޔަން ކޮށްފިއެވެ.

ހުސައިން އަކީ ފައިނޭންޝިއަލް މެނޭޖްމަންޓް ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 15 އަހަރު އުރީދުއަށް ވެސް ހިދުމަތް ކޮށްފައެވެ.

Ad
rt

ހުސައިން އުރީދޫ އާ ވަކިވީ 2020 ވަނަ އަަހަރުއެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ އެ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރުކަން އަދާކުރައްވައިފައެވެ. އެ ކުންފުނީގެ ފައިނޭޝިއަލް ކޮންޓްރޯލާގެ މަގާމާއި އެހެން ބައެއް ސީނިއާ މަގާމުތައް ވެސް އޭނާ ފުރުއްވިއެވެ.

އޭނާއަކީ ފައިނޭންޝިއަލް އެންޑް މެނޭޖްމަންޓް އެކައުންޓިން އާއި ފައިނޭންޝިއަލް ޕްލޭނިން އާއި ބަޖެޓިން އާއި ފައިނޭންޝިއަލް ކޮންޓްރޯލް، ޑިޖިޓަލް ސްޓްރެޓެޖީ ޑެވެލޮޕްމަންޓް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ހުސައިން އަކީ ޔޫކޭގެ އިންސްޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓެންޓްސްގެ އެސޯސިއޭޓް މެމްބަރެކެވެ.

އުރީދޫގެ ޓީމާ އަލުން ގުޅިވަޑައިގަތުމުން އެ ކުންފުނިން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.