ރޯދަމަހާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

މިއަދުން ފެށިގެން ލިބޭ އޮފާތަކުގެ ތެރޭގައި "ގުޑް މޯނިން މޯލްޑިވްސް" ޕްރޮމޯޝަން ހާއްސައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުން ރޯދަމަހުގެ ކޮންމެ ދުވަހެއް ވެސް ފަށާނީ ހިލޭ އެއް ޖީބީގެ ބޯނަސް ޑޭޓާއާ އެކުގައެވެ.

Ad
rt

މި ހިލޭ އެލަވަންސް ހޯދަން ބޭނުންވާނަމަ ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު 5252 އަށް "BONUS" ޖެހުމަށް ފަހު، އެސްއެމްއެސް ކުރުމުން އެ އެލަވެންސް ލިބޭނެއެވެ. މި ޑޭޓާ ކޮންމެ ދުވަހެއްގެ ހަވީރު 6 އަކާ ހަމައަށް ބޭނުން ކުރެވޭނެއެވެ.

މި ރޯދަމަހާ ދިމާކޮށް އުރީދޫން ވަނީ އުރީދޫގެ ކޮންމެ ހިދުމަތެއް އެކްޓިވޭޓް ކުރި ނަމަވެސް އަގުހުރި އިނާމުތަކާ އެކު ލަކީ ޑްރޯއެއް ހުޅުވާލައިފައެވެ. މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 100 ޖީބީ ޑޭޓާ ހޯދުމުގެ އިތުރުން ދެ ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބޭނެއެވެ.

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ހޯދުމުގެ ފުރުސަތު ވެސް އުރޯދޫން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި މަހު އަލަށް ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކުރާ ނުވަތަ ސުޕަނެޓް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން ސައޫދީގައި ތިބި އާއިލާ އާއި ރައްޓެހިންނާ ގުޅާލުމަށް ސައުދީ އައިޑީޑީ ޕެކެއް ވެސް އުރީދޫން ވަނީ ތައާރަފުކޮށްފައެވެ. މި ހާއްސަ ޕެކޭޖުން 150ރ. އަށް 100 މިނެޓާއި އެއް ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެއެވެ.

އުރީދޫން ވަނީ އެމް-ފައިސާ އާއި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ ގޮތްވެސް ހަދައިފައެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.

އުރީދޫގެ ކަސްޓަމަރުން "ޓެކްސްޓް އަ ކޮފީ" އިން ހިލޭ 1ޖީބީ ޑޭޓާ ލިބޭނެއެވެ. ޓެކްސްޓް އަ ކޮފީ އަކީ ރޯދަވީއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްގޮގެން ހިލޭ 1ޖީބީ ޑޭޓާ ލިބޭ ހިދުމަތެކެވެ.

އެ ކުންފުނިން ވަނީ ރޯދަޔަށް ހާއްސަ ކޮށްގެން އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަޓާއި ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހައެއް ފޯނުން ގުޅާއިރު އަޑުއިވޭ ގޮތް ހަދައިފައެވެ. އެ ހިދުމަތް “Ramadan” ޖެހުމަށް ފަހު 4000 އަށް އެސްއެމްއެސް ކޮށްގެން ހޯދޭނެއެވެ.

ދާދި ފަހުން ތައާރަފުކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަ ގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި މި ރޯދަމަހު ހޯދޭނެއެވެ.