ވޯލްޑްކަޕް ފޯރިގަދަ ކުރުމަށް އުރީދޫ އިން ކެމްޕޭނެއް ފަށައިފި
މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރުމަށް އުރީދޫ މޯލްޑިވްސް އިން ‘އުރީދޫ ވޯލްޑް ކަޕް ފޯރި’ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އާއި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީއެވެ. މި ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގެ އެމާ ސްޓޭޑިއަމްގައި އުރީދޫ އާއި ހާޑްރޮކް އެފްސީ ފުޓްސަލް ޓީމުން ރަހުމަތްތެރިކަމުގެ ފުޓްސަ...