ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީ ކޮލިފައި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަސްގެންދަނީ އިންޑިއާގެ އެގްޒިމް ބެންކުންނެވެ. އެ ބޭންކުން މި މަސައްކަތް ފަށާފައިވާ ކަމަށް އިއްޔެ އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

Ad
rt

އެ މިނިސްޓްރީން ބުނީ އިންޑިއާގެ އެގްޒިމް ބެންކުން ލޯނު ނަގައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރަށް ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި ކާގޯ ވަސީލަތްތަކާއި އެއާޕޯޓުގެ މަގުތައް އަދި ޕާކު ކުރާނެ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ނިންމާފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. އެ އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރު ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.