އަގުހުރި އިނާމުތަކަކާއެކު އެސްޓީއޯ އިން "ކްރޫގާ ޗެލެންޖް 2022" ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 31 ޖުލައި 2022 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

Ad
rt

ކްރޫގާ ޗެލެންޖް ގައި ބައިވެރިވުމަށް ކްރޫގާގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު
ބޭނުންކޮށް ސޯޝާލް މީޑިޔާގައި ޕޯސްޓް ކުރުމުން ބައިވެރިވެވޭނެއެވެ. ޕޯސްޓް ކުރާއިރު #STOKrugerChallenge2022 ބޭނުން ކުރަންވާނެއެވެ.

ސޯޝަލް މީޑިޔާ މުބާރާތުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި އެއްފަރާތް ހޮވައި އެންމެ ގިނަ ލައިކްސް/ރިއެކްޝަންސް ލިބިފައިވާ ޕޯސްޓުގެ ވެރިފަރާތަށް ވަރަށް އަގުހުރި އިނާމުތަކެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފައެވެ.

ކްރޫގާ ބްރޭންޑްގެ ތަކެތި ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި، ސޯޝަލް މީޑިޔާ މުބާރާތުގެ އިތުރުން ވަރަށް އަގުހުރި އިނާމު އަދި ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެބެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ކްރޫގާ އައިޓަމްއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ކޫޕަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް ބެނެލީ ޕެނެރިއާ ސައިކަލެއް ލިބޭނެއެވެ.

މީގެ އިތުރުން ދެވަނައަށް ހޮވޭފަރާތަކަށް 256ޖީބީ ގެ އައިފޯން 13 ޕްރޯ މެކްސް ލިބޭއިރު ތިންވަނައަށް ހޮވޭފަރާތަކަށް ޕިލިޕްސް 55 އިންޗީގެ ޓީވީއެއް ވަނީ ހުށަހަޅައިފައެވެ.

އެސްޓީއޯ އިން އިމްޕޯޓްކޮށް ވިއްކަމުން ދާ ކްރޫގާ ބުރޭންޑަކީ ޖަރުމަނުގެ މޮޅު ބުރޭންޑެކެވެ. ކްރޫގާ ޕާސްތަނޫސާގެ ޗޮކުލެޓް ސުޕެރްޑް ތެރޭގައި ޗޮކޮލެޓް ޑުވޯ އަދި ޑާރކް ޗޮކްލެޓް ވެސް ހުރެއެވެ.

ކްރޫގާ ގެ ޕޮރޮޓެކްޓުތަކަކީ ދިވެހިންގެ މެދުގައި މަގޫބުލުކަން ހޯދައިފައިވާ އުފެއްދުމެއްވެސް މެއެވެ.