ކުރިއަށް އޮތް ދައުރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކޮށްފިއެވެ.
ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ސަރުކާރުގެ ފަރާތުން އެ ކުންފުނީގެ ބޯޑަށް ފަސް މެމްބަރުން ވަނީ އައްޔަން ކޮށްފައެވެ. އަދި އާައްމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރަކު ވަނީ އައްޔަން ކޮށްފައެވެ.
އެމްޓީސީސީގެ ބޯޑުގައި ޖުމްލަ ތިބޭނީ ހަތް ޑިރެކްޓަރުންނެވެ. މި ކޮންމެ ޑިރެކްޓަރެއްގެ ދައުރަކީ ދެ އަހަރު ދުވަހެވެ. ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަން ކޮށްފައިވަނީ މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި މެމްބަރުންނެވެ.
އެމްޓީސީސީގެ ބޯޑުގައި ސަރުކާރު ތަމްސީލް ކުރައްވާ މެމްބަރުން:
ޗެއާޕަރސަން- މުޙައްމަދު ފަހީމް
ސީއީއޯ - އާދަމް އާޒިމް
އެގްޒެކެޓިވް ޑިރެކްޓަރ- ޝާހިދު ހުސައިން މޫސާ
ނޮން-އެގްޒެކެޓިވް ޑިރެކްޓަރ- ސިނާން އަލީ
ނޮން-އެގްޒެކެޓިވް ޑިރެކްޓަރ- މުޙައްމަދު ފަރީދު
އާއްމު ހިއްސާދާރުންގެ ތެރެއިން ހޮވުނު ޑިރެކްޓަރުން
މުޙައްމަދު އިމްރާން އަދުނާން: 496 ވޯޓް
ނަޞްރަތު މުޙައްމަދު : 662 ވޯޓް
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ދައުރަކީ ދެ އަހަރު ދުވަހެވެ. ކޮންމެ ދެ އަހަރަކަށްފަހު ބޯޑަށް ޑިރެކްޓަރުން އައްޔަން ކުރަން ހިއްސާދާރުންގެ މެދުގައި ވޯޓު ނަގާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!