އެސްޓީއޯއިން "ހަކަތަރި" ސްޓިކާ ބޭނުން ކުރަން ފަށައިފި

IMG_20220519_201855

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ އިލެކްޓްރޯނިކްސް ސާމާނުތަކުގައި ހަކަތަ ސަމަކާރަ (އެނާޖީ އެފިޝަންޓް) މިންވަރު ބުނެދޭން "ހަކަތަރި" ސްޓިކާ ބޭނުން ކުރަން ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޕްރޮޑަކްޓްތަކުގައި ހަކަތަރި ލޭބަލް ބޭނުންކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެސްޓީއޯގެ މެނާޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެން އަމްރުއެވެ.

"ހަކަތަރި" ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ހާއްސަ މިންގަނޑަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، ކަރަންޓު ސާމާނުގެ އެނަޖީ އެފިޝިއެންޓް މިންވަރު ދެނެގަތުމުގެ މަގުސަދުގައި އެންވަޔަރަމަންޓް މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ. އެގޮތުން ލޭބަލްގެ މަތީގައި އިންނަ ހަކަތައިގެ މީޓަރުން އެ އެއްޗެއްގެ އެފިޝަންޓް މިންވަރު އެނގެން ހުންނާނެއެވެ.

އެސްޓީއޯއިން އެ ލޭބަަލް ފުރަތަމަ ބޭނުން ކުރަނީ ތިން ބާވަތެއްގެ ކަރަންޓު ސާމާނުގައެވެ. އެއީ އޭސީ، އައިސްއަލަމާރި އަދި ދޮންނަ މެޝިނުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވަނީ އެސްޓީއޯއިން މިސާލު ނަގައިގެން ރާއްޖެއަށް ކަރަންޓު ސާމާނު އެތެރެކުރާ ފަރާތްތައް ހަކަތަރި ޕްރޮގުރާމްގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވައިފައެވެ.

ހަކަތަރި ޕްރޮގްރާމު އެކުލަވާލައިފައި ވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ އެހީއާ އެކު އދ. ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ, ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމު (ޔޫއެން އެންވަޔަރަމަންޓް) އާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ "ސްޓްރެތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫއުގެ ދަށުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި