ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަދަބީ ބަސް ހެދުމުގެ މުބާރާތެއް ފަށައިފިއެވެ.

އެސްޓީއޯއިން ފެށި މިމުބާރާތަކީ، ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތަކުގެ ހަޒާނާ އިތުރަށް މުއްސަނދިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ މީހުން ހުށަހަޅަން ޖެހޭނީ އާ އަދަބީ ބަސްތަކެކެވެ.

Ad
rt

މިމުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރުގެ ފައިސާގެ އިނާމެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފައެވެ.

މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެސްޓީއޯގެ ޓްވިޓާ ނުވަތަ ފޭސްބުކު ޕޭޖުގައި ދިވެހި އަދަބީ ބަހާއި އެސްޓީއޯ ހޭޝްޓެގްގެ ގޮތުގައި ބޭނުން ކުރަން ވާނެއެވެ. އެބައިވެރިޔަކު ޕޯސްޓު ކުރާ އަދަބީ ބަހަކާއި އެބަހުގެ މާނަ އަދި އެބަސް ބޭނުން ކުރެވޭ ހާލަތުގެ މިސާލެއް އިންބޮކްސް ކުރުމުން ބައިވެރިވެވޭނެއެވެ. ބަސް ހުށަހަޅާ ފަރާތުގެ މައުލޫމާތާއި ގުޅޭނެ ނަންބަރެއްވެސް އިންބޮކްސް ކުރަންޖެހޭނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މިމުބާރާތަށް ހުށަހަޅާ އަދަބީ ބަހަކީ މީގެކުރިން އެއްވެސް ތަނެއްގައި ޝާއިއުކޮށްފައިވާ އަދަބީ ބަހަކަށް ވެގެން ނުވާނެއެވެ.

މިމުބާރާތް ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.