ތިލަމާލެ ބްރިޖް ހަދަން ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް އެސްޓީއޯއިން ރޭ ޓެސްޓް ކޮށްފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެސްޓު ކާމިޔާބު ކަމަށެވެ. އަދި އެފަދަ ޕްރޮޖެކްޓަކަށް އެސްޓީއޯއިމް ކޮންކްރީޓް ސަޕްލައި ކުރުމަކީ ލިބޭ ފަޚުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

ބްރިޖް ހަދަން ކޮންކްރީޓް ސަޕްލައި ކުރަން އެސްޓީއޯއަށް ފުރުސަތު ދިން ކަމަށްޓަކައި އިންޑިއާއަށް އަމްރު ޝުކުރު އަދާ ކުރެއްވިއެވެ.

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމަށްޓަކައި އެސްޓީއޯއާއި އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހަށް ސޮއިކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކްރީޓް ގަތުމަށް އެފްކޮންއިންވަނީ އެއްބަސްވެފައެވެ.

އެސްޓީއޯއިން މީގެ ކުރިން ބުނީ މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެކުންފުނިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. މިގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީ ހައި ސްޓްރެންތު ކޮންކްރީޓަށްވުމާއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ގާއިމް ކުރެވިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.