ހއ. ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 57 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތުގެ 82 އިންސައްތަ ވަނީ ނިމިފައެވެ.
މި ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ސަބްބޭސް އެޅުމުގެ މަސައްކަތާއި، ތާރު އެޅުމުގެ މަސައްކަތާއި، އަދި މީގެ އިތުރުން ކާބް ގާ ޖެހުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!