ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫގެ 51 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެގޮތުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު ރިވެޓްމެންޓް މަސައްކަތުގެ 93 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށު ް މިހާރު ކުރިއަށްދަނީ ޝީޓް ޕައިލްކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މިއީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.