ރާއްޖޭގައި ފުރަތަމަ ފަހަރަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ދިވެހި ބަހުން ވާހަކަދައްކާ ވާޗުއަލް އެސިސްޓަންޓެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.
މި ވާޗުއަލް އެސިސްޓެންޓަށް އުރީދޫ އިން ދީފައިވާ ނަމަކީ "އެވީ"އެވެ. މިއީ އުރީދޫ ޑިޖިޓަލް ކެއާ އެސިސްޓަންޓެކެވެ.
އެވީ ތައާރަފުކޮށްދެއްވީ މިއަދު މޭންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ.
އޭއައި ޓްކްނޮލޮޖީ މެދުވެރިކޮށް ދިވެހި ބަހުން މުއާމަލާތްކުރާ ފުރަތަމަ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" މިއަދު އަޅުގަނޑުމެން މި އިފްތިތާހުކުރީ ނުހަނު އުފަލާއެކު.
929 އަށް ގުޅާލައިގެން އެވީ މެދުވެރިކޮށް ޑޭޓާ، އެސްއެމްއެސް، ވޮއިސް އަދި ބިލް ބެލެންސް މިހާރު ބަލާލެވޭނެ. pic.twitter.com/FMU0QhJpr1
— Ooredoo Maldives (@OoredooMaldives) October 24, 2022
އެވީ އަކީ ދިވެހި ރަތް ލިބާހުގައި ހުންނަ އަންހެން ވާޗުއަލް އެސިސްޓެންޓެކެވެ. އޭނާ މެދުވެރިކޮށް, އުރީދޫގެ އެޖެންޓަކާ ވާހަކަދެއްކުމަށް, ކަސްޓަމާ ކެއާ ހޮޓްލައިން ނަންބަރު 929 ގުޅައިގެން ލައިންގައި މަޑުކުރުމުގެ ބަދަލުގައި ޑޭޓާ, ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރާއި ބިލުތަކާ ބެހޭ މައުލޫމާތު ދިވެހި ބަހުން ހޯދޭނެއެވެ.
"In line with our mission, today we are proud to upgrade our AI-powered Digital Assistant Evee & enable Dhivehi interactions, increasing accessibility and inclusiveness of acquiring our services to all our customers." MD & CEO, Khalid Al-Hamadi pic.twitter.com/k64plmNFkk
— Ooredoo Maldives (@OoredooMaldives) October 24, 2022
އެވީ މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުޢާމަލާތްކުރުމުގެ އުނގެނުމުގެ މަރުހަލާގައެވެ. މެޝިން ލާނިން މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އުރީދޫއޮމް ބުންޏެވެ. އަދި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" އަށް އިތުރަށް އިންވެސްޓްކޮށް، މި ޚިދުމަތް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ޗެނަލްތަކުގައި ކަސްޓަމަރުންގެ މެދުގައި އޮންނަ މުޢާމަލާތްތައް ބަދަލުކުރުމަށް ކުރިއަށްތޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
“އެވީ" ބޭނުންކޮށްގެން އުރީދޫއިން ކަސްޓަމަރުން ހޯދަން ބޭނުންފުޅުވާ ހުރިހާ މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދިނުން އޮޓޮމޭޓްކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަލުވި ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
މި ހަފުލާގައި އުރީދޫން ވަނީ ހާއްސަ ތާނަ ފޮންޓެއްވެސް ތައާރަފުކޮށްފައެވެ. އެ ފޮންޓު ތައާރަފުކޮށްދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫނެވެ.
މީގެ އިތުރުން، އުރީދޫ ބްރޭންޑުގެ އާއު ޓެގްލައިން އާއި އެއްގޮތްވާ ގޮތަށް ތައްޔާރުކުރެވިފައިވާ ދިވެހި ފޮންޓް "އުރީދޫ އެމްވީ" މިއަދު ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފައެވެ.
އުރީދޫ އެމްވީ ފޮންޓު ކަސްޓަމަރުންނަށް https://t.co/fVTuRIiFhv މެދުވެރިކޮށް މިހާރު ޑައުންލޯޑްކޮށްލެވޭނެއެވެ. pic.twitter.com/z4OC5ORnx3
— Ooredoo Maldives (@OoredooMaldives) October 24, 2022
މިއީ އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން ތައާރަފްކޮށްފައިވާ ފޮންޓެކެވެ. "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން ދާދި ފަހުން އެ ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީއަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކަކީ އުރީދޫގެ ޝަހުސިއްޔަތާއި ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އެ ކުންފުނިން ކުރަމުން އަންނަ ދަތުރާއި ވިޔަފާރިއަށް އަންނަ ކުރިއެރުން ރަމްޒުކޮށްދޭ ކަމެކެވެ. މި ބަދަލުން ދައްކުވައިދެނީ ޓެކްނޮލޮޖީއާއެކު ހުޅުވިގެންދާ ފުރުޞަތުތައް ތަނަވަސްކުރުމުގެ ވިސްނުމެވެ.
މި ފޮންޓުތައް އުރީދޫ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!