ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭ ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލްއެވެ.
އެޗްޑީސީން ވަނީ ދެ މެޑިކަލް ފެސިލިޓީ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާފައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މެޑިކަލް ފެސިލިޓީއާ އެކު ތިން ކްލިނިކް ހަދަން އިއުލާންކުރިއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި މެޑިކަލް ފެސިލިޓީ ހަދާނީ 71،127.92 އަކަފޫޓްގެ ފްލޮޓު (K9-N) އަދި 67،522.01 އަކަ ފޫޓުގެ ޕްލޮޓު (N5-50) ގައެވެ. އޭގެ ތެރެއިން N5-50 ޕްލޮޓުގައި މެޑިކަލް ފެސިލިޓީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.
މި އެއްބަސްވުމުގެ އިތުރު ތަފްސީލެއް މިހާތަނަށް ދީފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!