މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,312 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Business

ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ. ފ. ނިލަންދޫއަކީ 2300 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ކޮންސްޓްރަކްޝަން މަސައްކަތް ތަކުގައިވެސް މަސް...

އެމްއައިބީގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި
Business

އެމްއައިބީގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ން ހުޅުމާލޭގައި އެ ބޭންކްގެ ބްރާންޗެއް ހުޅުވައިފިއެވެ. އެމްއައިބީގެ އާ ބްރާންޗް ހުޅުވާފައިވަނީ ފިތުރޯނުމަގުގައި ހުންނަ ދަމާސް އެއްވަނަ އެވެނިއުގެ ތިރީ ފަންގިފިލާގައެވެ. އެ ބްރާންޗް ހުޅުވީ އިއްޔެއެވެ. ކުރިން އެމްއައިބީން ޚިދުމަތް ދެމުން ދިޔައީ ހުޅުމާލޭ ސެންޓްރަލް މޯލްގައި، ކުޑަ ތަންކޮޅެއްގައެވެ. މިހާރު އެ ބޭންކްގެ އާ ބްރާންޗް ހުޅުވާފައިވަނީ އިތުރު ސްޓާފުންނާވެސް އެކުގައެވެ. އާ ބްރާންޗާއެކު އެމްއައިބީން ވަނީ އާ ޕްރޮޑަކްޓެއް ވެސް ލޯންޗްކޮށްފައެވެ. އެއީ ހައްޖު...

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާަ ކަމަަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި، ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައެވެ. މި މަޝްރޫއުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ ގްރޮއިން އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ....

ހިޔާ ކޮމިއުނިޓީގެ އިސް ފަރާތްތަކާ އެޗްޑީސީގެ އެމްޑީ ބައްދަލު ކުރައްވައިފި
Business

ހިޔާ ކޮމިއުނިޓީގެ އިސް ފަރާތްތަކާ އެޗްޑީސީގެ އެމްޑީ ބައްދަލު ކުރައްވައިފި

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފާރަތްތަކުގެ “ހިޔާ ކޮމިއުނިޓީ” ގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ހިޔާ ފްލެޓުތަކާ ގުޅިގެން އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަައް އާތިފްއާ ވަނީ ހިއްސާ ކޮށްފައެވެ. އަދި އެޗްޑީސީގެ މެނޭޖްމަންޓަށް އިތުރަށް ރަނގަޅުކުރެވިދާނެ ހިދުމަތްތަކާ މެދު ވެސް ވަނީ މަޝްވަރާކޮށްފައެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައު ކުރިއަށް އޮތްތަނުގ...

މާދަމާ 1.6 މިލިއަން ފަތުރުވެރިން ހަމަވާނެ
Business

މާދަމާ 1.6 މިލިއަން ފަތުރުވެރިން ހަމަވާނެ

މާދަމާ 1.6 މިލިއަން ފަތުރުވެރިން ހަމަވާނެ ކަމަށް ލަފާކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ޓާގެޓް ހާސިލް ވާނެ ކަމަށް ނިންމައި 1.6 ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މާދަމާއަށް ހާއްސަ ހަރަކާތެއްވެސް ތާވަލު ކޮށްފައެވެ. މި ހަރަކާތް އޮތީ ހަވީރުގެ ވަގުތެއްގައެވެ. އެހެންކަމުން 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަންނަނީ މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ސަރުކާރުން މިއަހަރު އަންނާނެ ކަމަށް ލަފާ ކުރި 1.6 މިލިއަން ފަތުރުވެރިން ހަމަވާން ބޭނުންވަނީ ވަރަށް މަދު އަދަދެކެވެ. […]

ކޮމަންޑޫ ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފި
Business

ކޮމަންޑޫ ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ށ. ކޮމަންޑޫގައި ހަދާ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]

އެޗްޑީސީން މޮމްސް އެންޖީއޯއަށް ހިޔާ ފްލެޓުން ހިލޭ ޔުނިޓަކާއެކު ބޮޑެތި އެހީތަކެއް
Business

އެޗްޑީސީން މޮމްސް އެންޖީއޯއަށް ހިޔާ ފްލެޓުން ހިލޭ ޔުނިޓަކާއެކު ބޮޑެތި އެހީތަކެއް

އެޗްޑީސީއާއި މަމްސް އެންޖީއޯއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ވަނީ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި މަމްސް އެންޖީއޯގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑަ ސިތްރާ މުހައްމަދެވެ. އެޗްޑީސީގެ ފަރާތުން މަމްސް އެންޖީއޯއަށް ވަނީ ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ، އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަ...

އައިޓީއޭގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
Business

އައިޓީއޭގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ. މި ދަތުރުތައް އެ އެއާލައިނުގެ ފުރަތަމަ ބޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ފެނުގެ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. އައިޓީއޭ އެއަރވޭސް އިން ދަތުރު ކުރާނީ އިޓަލީގެ ރޯމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މިއީ ފިނި މޫސުމާ ދިމާކޮށް އެ އެއާލައިނުން ފެށި ދަތުރުތަކެކެވެ. މި ދަތުރުތައް ކުރާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 15 އާ ހަމައަށް ކުރާނެއެވެ. މި ދަތުރުތަކުގައި […]

ފައިނަލް މެޗުގެ ފޯރީގައި ބައިވެރިވާ ފަސް މީހަކަށް 5000 ރުފިޔާ
Business

ފައިނަލް މެޗުގެ ފޯރީގައި ބައިވެރިވާ ފަސް މީހަކަށް 5000 ރުފިޔާ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ އޮންނަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަން ދާ ފަރާތްތަކަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ. މި ވިޒިޓް އެންޑް ވިން އޮފާގެ ދަށުން މިރޭގެ މެޗު ބަލަން ހުޅުމާލޭގައި އެ ކުންފުނިން ބަހައްޓާފައިވާ ބޮޑު ސްކްރީން ކައިރިއަށްދާ ފަރާތްތަކުގެ މެދުގައި ގުރުއަރު ނަގާނެއެވެ. އަދި ގުރުއަތުން ހިވޭ ފަސް މީހަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެޗްޑީސީއާއި މީޑިއާ ނެޓް ގުޅިގެން ކުރިއަށްގެންދާ […]

އުރީދޫ ސުޕަނެޓް ހިދުމަތް މާޅޮހަށް
Business

އުރީދޫ ސުޕަނެޓް ހިދުމަތް މާޅޮހަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. މާޅޮހަށް ތައާރަފްކޮށްފިއެވެ. އުރީދޫ އިން ބުނީ ހަނިމާދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ރައުޓާ ލިބޭނެ ކަމަށެވެ. އަދި 500 ރުފިޔާއިން މަތީގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް 100 އިންސައްތަ އިތުރު ޑޭޓާ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް […]

އުރީދޫ ނޭޝަންގެ ފީފާ މުބާރާތުގައި ރަޖިސްޓްރީވުން ހިލޭ
Business

އުރީދޫ ނޭޝަންގެ ފީފާ މުބާރާތުގައި ރަޖިސްޓްރީވުން ހިލޭ

އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތަށް އޮންލައިން ހިލޭ ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ. އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރަޖިސްޓްރީ ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ ރޭ 11:59 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެއެވެ. ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސ...

ކަމަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ކަމަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތްތަކުގެ 92 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

ތިލަފުށި މާސްޓަ ޕްލޭން ތައާރަފު ކޮށްފި
Business

ތިލަފުށި މާސްޓަ ޕްލޭން ތައާރަފު ކޮށްފި

ސަރުކާރުން، އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިފްތިތާހުކޮށްފިއެވެ. މި މާސްޓަޕްލޭން އިފްތިތާހުކުރީ މިއަދު ލިވިން އެކްސްޕޯ ފެށުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެޗްޑީސީން ތައްޔާރުކޮށްދީފައިވާ މާސްޓަޕްލޭން އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އެޗްޑީސީން ބުނިގޮތުގައި މި މާސްޓަޕްލޭން ޑިޒައިންކުރީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ބަލައި، އެކަންކަމުގެ މައްޗަށް ބިނާކޮށް، ހައްލު ހޯދައިދިނ...

ނޫމަރާ ބަނދަރާއި ނެރު ފުން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
Business

ނޫމަރާ ބަނދަރާއި ނެރު ފުން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިއަދުއެވެ. މި މަޝްރޫޢުގެ ދަށުން، 6,347cbm ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ (މެއިންޓެނެންސް ޑްރެޖިން) މަސައްކަތާއި، ސާވޭއިން މަސައްކަތްތައް ކުރާނެއެވެ. އެމް...

މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ
Business

މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. ޤައުމީ ޔުނިވާސިޓީއިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 84 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 1،200 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުމުގެ މަސައ...