މާދަމާ 1.6 މިލިއަން ފަތުރުވެރިން ހަމަވާނެ ކަމަށް ލަފާކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ޓާގެޓް ހާސިލް ވާނެ ކަމަށް ނިންމައި 1.6 ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މާދަމާއަށް ހާއްސަ ހަރަކާތެއްވެސް ތާވަލު ކޮށްފައެވެ. މި ހަރަކާތް އޮތީ ހަވީރުގެ ވަގުތެއްގައެވެ. އެހެންކަމުން 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަންނަނީ މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ.
ސަރުކާރުން މިއަހަރު އަންނާނެ ކަމަށް ލަފާ ކުރި 1.6 މިލިއަން ފަތުރުވެރިން ހަމަވާން ބޭނުންވަނީ ވަރަށް މަދު އަދަދެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 1.5 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާއިންނެވެ. އެއީ 220،000 ފަތުރުވެރިންނެވެ. ދެވަނައިގައި އޮތް ރަޝިއާ އިން 180،000 ފަތުރުވެރިން އަދި ތިންވަނައިގައި އޮތް އިނގިރޭސި ވިލާތުން 160،000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގައި 160 އަށް ވުރެ ގިނަ ރިސޯޓު ހިންގާ އިރު 870 އަށް ވުރެ ގިނަ ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ.
2019 ވަނަ އަހަރު ރާއްޖެ އައީ 1.7 މިލިއަން ފަތުރުވެރިންނެވެ. މިއަހަރު 1.6 މިލިއަން ފަތުރުވެރިން ހަމަވާއިރު މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރިކަވާ ވުމުގެ ނަތީޖާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!