އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތަށް އޮންލައިން ހިލޭ ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރަޖިސްޓްރީ ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ ރޭ 11:59 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެއެވެ.

Ad
rt

ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ ހަތަރު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް 4 މަރުހަލާއެއްގައި ވާދަކުރާއިރު، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހެއެވެ.

މުބާރާތް ކުރިއަށްދާނީ:
ފުވައްމުލައް ސިޓީ – ފުވައްމުލައް ސިޓީ ޔޫތު ސެންޓަރު
އައްޑޫ ސިޓީ – އައްޑޫ ސިޓީ ޔޫތު ސެންޓަރު
ކުޅުދުއްފުށި ސިޓީ – މަންނަމް ކެފޭ
މާލެ ސިޓީ – ސަންލީޓް، ފުރަތަމަ ފަންގިފިލާ

މި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ބައިވެރިންނަށް އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް ގެ ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ދާ ފަރާތަށް ނިކާއީ 65″ ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީ، ދެވަނަ އަށް ދާ ފަރާތަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އަދި ތިން ވަނަ އަށް ދާ ފަރާތަށް ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާއެއް ލިބޭނެއެވެ.

އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯލް ފޯރި ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި މުބާރާތެކެވެ.