އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.

މި ދަތުރުތައް އެ އެއާލައިނުގެ ފުރަތަމަ ބޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ފެނުގެ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

Ad
rt

އައިޓީއޭ އެއަރވޭސް އިން ދަތުރު ކުރާނީ އިޓަލީގެ ރޯމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

މިއީ ފިނި މޫސުމާ ދިމާކޮށް އެ އެއާލައިނުން ފެށި ދަތުރުތަކެކެވެ. މި ދަތުރުތައް ކުރާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 15 އާ ހަމައަށް ކުރާނެއެވެ.

މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުން ކުރާނީ އެއަރބަސް އޭ 350 މަރުކާގެ މަތިންދާބޯޓާއި އޭ 330 މަރުކާގެ ބޯޓެވެ.

އައިޓީއޭ އެއާވޭސްއަކީ އިޓަލީގެ ކުރީގެ ޤައުމީ އެއާލައިން، އަލިޓާލިއާ ބަނގުރޫޓުވެ، ހުއްޓާލަން ޖެހުމުން އިޓަލީ ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއެކު އުފައްދައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި ރަސްމީކޮށް އޮޕަރޭޝަން ފެށި އެއާލައިނެކެވެ.