މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
ޤައުމީ ޔުނިވާސިޓީއިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 84 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 1،200 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުމުގެ މަސައްކަތާއި، 62.25 މީޓަރުގެ އެއްގަމުު ތޮށި ލުމާއި، ރޭމްޕެއް އެޅުމުގެ މަސައްކަތާއި މޫރިިން ބޮލާޑް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 6.89 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!